މި ޒަމާނި މިކެރާ ބޮނޑެތި ވިޔަފާރިއެ، އެ ބާކިން ނުވަތަ ކުންފޫނަކުން ވިއްކާ މުދަލަކަށް ވިޔަސް އަދި ޚިދުމަތަކަށް ވިޔަސް އެ އެއްތަކުގެ ވަކި ޚާއްސަ ކަމައް (ޔުނީކް ސެލިން ޕޮއިންޓް) ގެ ގޮތެ ކޮންމިޔަސް ކަމަށް ފާހަގަ ކޮށްގެން އެކަމަށް އެބާކިންގެ މާރކެޓިން ޕްލޭނެ ހިމަނަގެން ވިޔަފާރިތައް ޕްރޮމޯޓް ކެރަނީ.
އަފިރިންގެ ވަށައި ތިބި ވިޔަފާރިތަކަކީއަސް ހަމަ އަފިންނާއި ދާދި އެއްކަހަލެއި މުދައު ނުވަތަ ޚިދުމަތް ވިއްކާ ބާކިން ފެހޭ އަފިރިން އަތުން މުދައު ނުވަތަ ޚިދުމަތް ގަންނައް ޖެހޭ ޚާއްސަ ކަމަކީ ކޮބާ ކަން އިޝްތިހާރަ ކޮށްގެން ވިއްކާއް ހިނގުމަކީ އަފިރިންގެ ވިޔަފާރި ކާމިޔާބު ކެޑުމަށް ވަރަށް މުހިއްމު ކަމަށް.
ދުނިޔޭގެ އެއް ވަތަރަކި އެންމެ ބޮނޑަ އެއް ވިޔަފާރި ކަމަށްވޭ އެއަރލައިން އިންޑަސްޓްރީއެ ބައެއް އެއަރލައިން ތަކުން މާރކެޓް ކެރަނީ ތިމާފިންނަކީ ރަހުމަތްތެރި ޚިދުމަތްދޭ ބާކިންނާއި ކޭފެއި.
އެނައް ބައި އެއަލައިން ތަކުން މާރކެޓް ކެރަނީ ތިމާފިންނަކީ އަބަދަށަސް ޝެޑިއުލް އެއި އެއް ގޮތައް ވަގުތުން ވަގުތައް ފުލައިޓް ބާ ބާކިންގެ ގޮތެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރިއަސް އޮތީ ހަމަ މެހެން.
ހުށިހެއި ގައުމަކަސް ކޮންމިޔަސް ޚާއްސަ ތަންކެޑައް ކުރިއަށް ނުކުންމަގެން އެވެރިންގެ ގައުމު މާރކެޓް ކެރަތާ. އަދި އެގައުމަކި ވަކި ތަންތަންކެޑެ އެވެނި މިވެނި ކަން ކަމަށް ޚާއްސާއު ކޭފެއި މާރކެޓް ކެރަތާ.
ދިވެހިރާއްދޭގެ ފަތުރުވެރި ކަމުގެ ޚާއްްސަ ސިފާކި ގޮތެ ” ސަނީ ސައިޑް އޮފް ލައިފް” އޮންނަކޯ ރާއްދޭގެ ކޮންމި ރިސޯޓަކަސް ވިއްކަނީ ކޮންމިޔަސް ޚާއްސަ ކަމައް (ޔުނީކު ސެލިން ޕޮއިންޓް) ހިމަނަގެން މާރކެޓް ކޮށްގެން.
ފަހަކަށް އާސް ދިވެހިރާއްދެ ފަށަގެން މިހިނގާ ލޯކަލް ޓޫރިޒަމް ތަރައްގީކޮށް ކުރި އަރުވާއް ހިނގާ ކަލަކި މި ކޮންސެޕްޓަށް މިކަން ފައްތާއް ތެބެޖެހެއި.
އެކި އަތެޅެ ނުން ފެހޭ އެކި ސިޓީ ތަކި ލޯކަލް ޓޫރިޒަމް މާރކެޓް ކެރާ އޭންކޮންމެ ތާކީއަސް ވަކި ޚާއްސަ ތާކި ގޮތެ މާރކެޓްކޮށް ވިއްކާއް ހިނގި ފެހޭ މާ ބޮނޑަށަސް ކާމިޔާބު ވޭހެއްކަން ޔަގީން.
މި މަޒުމޫނާއި ކުދު ގޮތަކަށް މަ ބަލާނެއި އައްޑޫ ސިޓީއެ ލޯކަލް ޓޫރިޒަމް މާރކެޓް ކެރާ ކަލަކި ޔުނީކް ސެލިން ޕޮއިންޓަކި ގޮތެ އައްޑޫގެ ތާރީޚީ ސަގާފީ ކަންކަން ހިމެނުމުގެ މައްތައް.
މަ ބެނާއް މި ހިނގަނީ ކޮންމެހެން ސީދާ ކަލްޗަރަލް ޓޫރިޒަމަކައު ނުން. މަގޭ ވާހަކައިގެ ޚުލާސާކީ ދިވެހި ސަގާފަތް ދަކުނަށް ބެނުންވޭ ފަތުރު ވެރިންނަށް ރަނގަޅަ އޮޕްޝަނަކަށް އައްޑޫ ހެދުން.
ދިވެހި ސަގާފަތި އެތެރުން ތަރައްގީއަށް މަގަފަހިކެރާއް ބޭނުން ވެވިއޭނެ ކަންކަމަކީ ކޮބާތޯ ބަލަގެން އެކަން ކަމާއި ފަތުރުވެރިކަމާއި ގުޅުވަލީފެހޭ އެކަން ކަމަސް ހިމާޔަތް ވެހެއް.
ދިވެހި ކުޅިވަރާއި ދިވެހި މިއުޒިކު އާލާކޮށް ކުރި އަރުވައި އެކަންކަން އައްޑޫ ސިޓީއެ ލޯކަލް ޓުއަރިޒަމްގެ ބާކަށް ހެދިޔޭހެއް.
އަދި ދިވެހިންގެ ސަގާފީ ދިރިއުޅުމާއި، ދިވެހިންގެ އުފެއްދުންތެރިކަން ދައްކައިދޭ އެކްޒިބިޝަން ތައް ހަދަގެން ފަތުރުވެރިންނަށް ދެއްކިޔޭހެއް.
މިސާލަކަށް ސާކް ސަމިޓެ ދުވަސްވަރި ހެދި ކަލްޗަރަލް ސެންޓަރު އިތިރަށް ތަރައްގީ ކޮށްގެން އެތަނަސް ހިނގުވާއްވީ އައްޑޫ ލޯކަލް ޓޫރިޒަމްގެ މައިގަނޑަ އެއް ކޮމްޕޯނެންޓަކި ގޮތެ.
ދިވެހިން އެންމެ އެވޭލާ ޒަމާނުން ފެށިގެން ބޭނުންކެޑެ ހުށިހެއި ވައްތަރަކި ވެޑި ފަހަރާއި ދޯނިފަހަރި ނަމޫނާ ހަދަގެން “ދިވެހި ދޯނި ޝޯ” ގެ ނަމި ދެއްކިޔޭހެއް. އަދި ދިވެހިންގެ ސަގާފީ އެންމެ ޚާއްސަ މަސައްކަތަކި ގޮތެ ދިވެހި ރުކުން ކެރާހެއި ބޭނުން ޑިމޮންސްޓްރޭޝަނަކި ގޮތެ ދެއްކިޔޭހެއް.
މިސާލަކަށް ރުކައް އެރުން. ރުކުން ކައިށި އެޑުން. ރާ އެރުން. ކައިށި ސެހުން. ކުރުބާ ކަނޑަގެން ބިއުން. ރާ ހިޔުން. ހުއްކަރަ ހެދުން. މެހެންގޮސް މި ކަހަލެއި ފުރެއި ކަންތެތި.
މިބެނި ސަގާފީ ކަންކަން ތަރައްގީ ކޮށްގެން އައްޑޫ ލޯކަލް ޓޫރިޒަމް ހިނގުވާއް ފަށަގައް ފެހޭ އައްޑޫ ފެނޭނެއި ހަމަ އެކަނި ޑޮލަރުން ވާރެއި ގަރާތާކި ގޮތެ ނޫން.
އައްޑޫ ފެނިގެން އޭނެއި ދިވެހި ތާރީޚީ ސަގާފީ ތަރިކައިނަސް މުއްސަންދި ސިޓީ އަކި ގޮތެ. މީ ހަމަ މުޖައްރިބު ފަންޑިތާއް.
އެޑިޓަރުގެ ނޯޓް: މިއީ މީދޫ.ކޮމްގައި އައްސިދަ ނަމުގައި ޝާއިއުކޮށްފައިވާ ލިއުމެކެވެ.