Last Updated: November 26, 11:19
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ތަމާޝާ" ނިންމާލުމާ ދިމާއަށް

ދީޕިކާ ޕަދްކޯން އާއި ރަންބީރު ކަޕޫރު ލީޑް ރޯލް ކުޅޭ ފިލްމް "ތަމާޝާ" ގެ އެންމެ ފަހުގެ މަންޒަރުތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ އަހަރު މި ފިލްމުގެ ބޮޑު ބައެއް ވަނީ ފްރާންސްގެ ހިތްގައިމު ރަށެއް ކަމަށްވާ ކޯސިކާގަ އާއި އިންޑިއާގެ ޝިމްލާގައި ވެސް ނަގައިފަ އެވެ.

މިހާރު ކުރިއަށް ދަނީ ފިލްމުގެ ބާކީ ހުރި މަންޒަރުތައް ނެގުމުގެ މަސައްކަތެވެ. ޝޫޓިން ކުރިއަށް ދަން ކަލްކަތާގަ އެވެ. ކަލްކަތާގެ މަންޒަރުތައް ނެގުމުން ފިލްމުގެ ޝޫޓިން އެއްކޮށް ނިމުނީ އެވެ. ދެން ކުރިއަށް ދާނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތެވެ.

މިއީ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، އެ ގުޅުމުގައި ސިއްކަ ޖެހުނު ފަހުން ރަންބީރާއި ދީޕިކާ 2013 ވަނަ އަހަރު ކުޅުނު ބޮލޮކްބަސްޓާ "ޔެ ޖަވާނީ ހޭ ދީވާނީ" އަށް ފަހު އެކުގައި ކުޅޭ ދެވަނަ ފިލްމެވެ.

އެހެންވެ މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

އަނެއްކޮޅުން މިއީ ހިތްގައިމު ލޯބީގެ އަސަރު ގަދަ ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އިމްތިއާޒް އަލީގެ ޑައިރެކްޝަނެކެވެ.

އިމްތިއާޒް މީގެ ކުރިން ވެސް ވަނީ ދީޕިކާ އާއި ރަންބީރާ އެކު މަސައްކަތްކޮށްފަ އެވެ.

އޭއާރް ރަހުމާން މިއުޒިކް ތައްޔާރުކޮށްދޭ "ތަމާޝާ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ފަހުކޮޅު އެވެ.

HGJKHLK

އެއީ 2011 ވަނަ އަހަރު ރަންބީރު ހިމަނައިގެން ހެދި "ރޮކްސްޓާ" އާއި ދީޕިކާ ހިމަނައިގެން 2010 ވަނަ އަހަރު ގެނެސް ދިން "ލަވް އާޖް ކަލް" އެވެ.

އިމްތިއާޒް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ނިކުތް "ހައިވޭ" އެވެ.

އެ ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ އާލިއާ ބަޓާއި ރަންދީޕް ހޫޑާ އެވެ.