Last Updated: November 30, 20:23
Saturday, November 30, 2024
ޚަބަރު

އެމްއޭސީއެލްގެ މުވައްޒަފުންގެ ބޯނަހަށް 25،000ރ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް އަހަރީ ބޯނަހުގެ ގޮތުގައި މި އަހަރު ވެސް ކޮންމެ މުވައްޒަފަކަށް 25،000ރ. ދޭން ނިންމައިފި އެވެ. ރު

އެ ކުންފުނިން ނެރުނު ސާކިއުލާއެއްގައި ބުނީ މިދިޔަ އަހަރު އެއްކޮށް ވަޒީފާގައި އުޅުނު ހުރިހާ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި އެ އަދަދަށް ފައިސާ ލިބޭނެ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ހަމަސް ދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސްދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް ވެސް މަސައްކަތް ކުރި ދުވަހުގެ މުއްދަތަށް ބަލައި، ބޯނަސް ދޭނެ އެވެ.

ނަމަވެސް އަހުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ނަމަ އެފަދަ މުވައްޒަފަކަށް ބޯނަސް ނުލިބޭނެ އެވެ.