Last Updated: November 30, 20:23
Saturday, November 30, 2024
ޚަބަރު

ފުވައްމުލަކުގެ މެޖޯރިޓީ ނަގާނަން: އިލްޔާސް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ފުވައްމުލަކުގެ މެޖޯރިޓީ ނަންގަވާނެ ކަމަށް ދަ ޑިމޮރްކެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

އެ ސިޓީގައި ކެމްޕޭން ހަރަކާތްތަކެއް ހިނމްގެވުމަށް ފަހު އޭނަ ވިދާޅުވީ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ލިބޭނީ އެންމެ 25 ޕަސެންޓް ވޯޓް ކަމަށާއި ފުވައްމުލަކުގެ ގިނަ ބަޔަކު ތިބީ އާ ޕާޓީ، ޑިމޮރެކްޓްސްއާ އެކީގައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިރަށުން އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބިގެންދާނެ. އަދި މި ސަރުކާރަށް މިރަށުގެ ރައްޔިތުން ބުނާ ގޮތުގައި އެންމެ މަދުވެގެން ފަންސަވީހަކަށް ޕަސެންޓަށް ވުރެ އިތުރެއް ނުވާނެ،" އިލްޔާސް ވިދާޅުވި އެވެ. "އަޅުގަނޑުމެން އެމްޑީޕީގައި އުޅުނު އިރު އުޅުނު ހުރިހާ އެންމެން ހެން އަޅުގަނޑުމެންނަށް ތާއީދުކޮށް މަސައްކަތް ކުރޭ. އަޅުގަނޑު އެހެން ދެންނެވިޔަސް މަދު ބަޔަކު އެބަ އުޅޭ އަދި ވެސް އެމްޑީޕީގައި."

ދާދި ފަހުން އައްޑޫގައި ވެސް ކެމްޕޭން ކުރެއްވުމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވީ މުޅި އައްޑޫ އޮތީ ޑިމޮރެކްޓްސްއާ އެކީގައި ކަމަށެވެ.