މާލޭގައި އުޅޭ އައްޑޫ މީހުންނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް މިރޭ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި މަޖީދިއްޔާ ސްކޫލްގައި ކައިރީގައި ހުންނަ އެމްޑީޕީގެ ސޯސަން ޖަގަހައިގަ އެވެ. އެހެންވެ މި މާލޭގައި އުޅޭ އައްޑޫގެ ހުރިހާ ރައްޔިތުންނަށް ބައްދަލުވުމަށް އަސްލަމްގެ ފަރާތުން ދައުވަތު ދެއްވަ އެވެ.
އައްޑޫ ހިތަދު އަށް ނިސްބަތްވާ އަސްލަމަކި އެ އަވަށު އުތުރު ދާއިރާގެ މަޖިލިސް މެމްބަރެވެ. އަދި އޭނަ އަކީ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރެވެ.