Last Updated: December 24, 23:27
Tuesday, December 24, 2024
ޚަބަރު

މުއިއްޒު ކެމްޕޭނަށް ހދ. އަތޮޅަށް

ފޮޓޯ: ޕީޕީއެމް

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ފައްޓަވައިފިއެވެ.

އެގޮތުން މުއިއްޒު މިއަދު ކެމްޕޭންގައި ފުރާވަޑައިގެންފައިވަނީ ހއ. އަދި ހދ. ގެ ރަށްތަކަށެވެ. އެގޮތުން މިއަދު ހަނިމާދޫ، ނޮޅިވަރަމު އަދި ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގެ ތެރެއިން މިރޭ ކުޅުދުއްފުށީގައި ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުއިއްޒުގެ ކެމްޕޭން ދަތުރުފުޅުގައި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް އަދި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ.

ތިން ދުވަހަށް ހއ. އަދި ހދ. އަށް ކުރާ ކެމްޕޭންގެ ދަތުރުގައި މާދަމާ މަކުނުދޫ، ހޯރަފުށި، އަދި އިހަވަންދޫއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި ހޯމަ ދުވަހު އުތީމު، ވަށަފަރު، ކެލާ، ބާރަށް އަދި ދިއްދޫއަށް ވަޑައިގަންނަވާނެއެވެ.