Last Updated: November 30, 17:34
Saturday, November 30, 2024
ޚަބަރު

ކުދި ރަށްތައް ތަރައްގީ ނުކުރާނެ، ބޭކާރު ހަރަދެއް!

ހާހަކަށް ވުރެ ކުޑަ އާބާދީތައް ހިމެނޭ ރަށްތައް ތަރައްގީ ނުކުރާނެ ކަމަށާއި އެކަމަށް ހުރާ ހޭދަ އަކީ ބޭކާރު ބޮޑު ހޭދައެއް ކަމަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "މެނިފެސްޓޯ" ޕްރޮގްރާމްގައި އޭނަ ވިދާޅުވީ އަމިއްލަ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއް ބޮޑެތި އާބާދީ ހިމެނޭ ރަށްތައް ތަރައްގީކޮށް، އެ ރަށްތައް ކުރިއެރުވުން ކަމަށެވެ.

ޒަމީލު ވިދާޅުވި ގޮތުގައި ހުރިހާ ރަށެއްގައި އެއްވަރަކަށް އަސާސީ ހިދުމަތްތައް ގާއިމުކުރުމަކީ ސަރުކާރަކަށް ކުރަން ވަރަށް ބޮޑު ހޭދައެއް ކަމަށެވެ. އެހެންވެ އަމިއްލަ ސަރުކާރެއްގައި 1،000 އަށް ވުރެ މަދުން މީހުން އުޅޭ ރަށްތައް ތަރައްގީކުރަން ސަރުކާރުން ހަރަދު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ރަށްރަށެއް އެއްވަރަކަށް އަސާސީ ހިދުމަތްތައް ތަރައްގީ ކުރުމަކީ ވަރަށް ބޮޑު ކަމެއް. އަޅުގަނޑު އެއްވަރަކަށް ވެސް ނުވިސްނަން ހުރިހާ ރަށްތައް އެއްވަރަކަށް ތަރައްގީ ކުރުމަކަށް،" ޒަމީލު ވިދާޅުވި އެވެ. "ހާހަކަށް ވުރެ އާބަދީ ގޮތުން ކުޑަ ރަށްރަށަށް ސަރުކާރުން ހަރަދެއް ނުކުރާނަން."

ނަމަވެސް އޭނަގެ މި ވާހަކަ އަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ވާހަތަކާ މުޅިން އިދިކޮޅު އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ވަރަށް ބޮޑަަށް ގުޅިފައި އޮތް މައްސަލައެކެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޒަމީލު ވާދަކުރައްވަނީ ރަނިންމޭޓަކަށް އަނބިކަނބަލުން މަރިޔަމް އަލީމް ގޮވައިގެންނެވެ،