ނެޓްފްލިކްސް އިން މީގެ ދެ އަހަރު ކުރިން މުޅިން ހިލޭ ތައާރަފުކުރި ވީޑިއޯ ގޭމްގެ ހިދުމަތް އިތުރު ޑިވައިސްތަކުގައި ކުޅެވޭ ގޮތަށް ހަދަން ޓެސްޓްކުރަން ފަށައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމުން ޕްލެޓްފޯމުން ތައާރަފުކުރި ވީޑިއޯ ގޭމް ހިދުމަތް މިހާރު ބޭނުން ކުރެވެނީ ހަމައެކަނި އެންޑްރޮއިޑާއި އައިއޯއެސް ފޯނުތަކުގަ އެވެ. ނަމަވެސް މިހާރު ބައެއް ބްރޭންޑްތަކުގެ ޓީވީތަކުގައި ގޭމް ކުޅެވޭ ގޮތް ޓެސްޓްކުރަން އިއްޔެ ފެށި މަސައްކަތުގެ ތެރެއިން އެމެރިކާ އާއި ކެނެޑާގައި އެކަން މިހާރު އަންނަނީ ޓެސްޓްކުރަމުންނެވެ.
ނެޓްފްލިކްސް ގޭމްސްގެ ވައިސް ޕްރެޒިޑެންޓް މައިކް ވާޑޫ ވިދާޅުވީ ކުރިއަށް އޮތް ހަފުތާތަކެއްގެ ތެރޭގައި ކޮމްޕިއުޓަރާއި މެކްތަކުގައި ވެސް ގޭމް ޓެސްޓްކުރަން ފަށާނެ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި މީގެ އެންމެ ބޮޑު ބޭނުމަކީ ނެޓްފްލިކްސްގެ ގޭމްތައް ކުޅޭ މީހުން އިތުރުކުރުމެވެ.
🎮📱 Let the Games Begin📱🎮
Tomorrow, Netflix Games will start rolling out on the Netflix mobile app. First on Android, with iOS on the way.
It’s early days, but we’re excited to start bringing you exclusive games, with no ads, no additional fees and no in-app purchases. pic.twitter.com/ofNGF4b8At
— Netflix Geeked (@NetflixGeeked) November 2, 2021
"އުންމީދުކުރަން މީގެ ސަބަބުން ނެޓްފްލިކްސްގެ ގޭމް ކުޅޭ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށް." ވާޑޫ ވިދާޅުވި އެވެ.
ނެޓްފްލިކްސްގެ ވީޑިއޯ ގޭމްގެ ހިދުމަތް ލޯންޗްކުރީ 2021 ގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިހާތަނަށް ގިނަ ގޭމްތައް ދޫކޮށްލާފައިވެ އެވެ. އެ ކުންފުނިން ބުނީ މި އަހަރު ނިމުމގެ ކުރިން ވެސް އިތުރު 40 ގޭމެއް ދޫކޮށްލަން ޕްލޭންކޮށްފައިވާ އިރު، އިތުރު 70 ގޭމެއް ޑިވެލޮޕިން މަރުހަލާގައި އެބަހުރި ކަމަށެވެ.