އޮންލައިންކޮޑް ހިންގަމުންދާ ލޯބީގެ ގުޅުންތައް އިތުރުވަމުންދާ ކަމަށާއި އެފަދަ ގުޅުންތަކުން ދިމާވާ ތަފާތު މައްސަލަތައް މިހާރު ވެސް ރިޕޯޓްކުރަމުންދާތީ އެކަހަލަ ގުޅުންތަކަށް ސަމާލުވާން ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތަކަކީ ހުށަހެޅުމުންދާ ސްކޭމް މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތެއް ކަމަށެވެ. އަދި މިފަދަ މައްސަލަތައް މިހާރަކަށް އައިސް ފުލުހުންނަށް ހުށަހެޅެމުންދާކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ އެފަދަ ސްކޭމްތަކަކީ މީހުންގެ އިހުސާސްތަކާއި ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށްޓަކައި ހިންގާ ކުށުގެ ބާވަތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ނުނީ މިފަދަ ގުޅުންތަކުން މަކަރާއި ހީލަތް އާންމު ގޮތެއްގައި ފެށެނީ އޮންލައިންކޮށް އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަ ދެކެވޭ ގޮތަށް ހަދާފައިވާ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމަށެވެ. ބޭނުންކޮށްގެންނެވެ. އެގޮތުން ޑޭޓިން ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކާއި އެހެނިހެން ވެބްސައިޓްތައް މެދުވެރިކޮށެވެ. އެގޮތުން ދުރު ގައުމުތަކުން ގިނަ ފަހަރަށް ހަރަކާތްތެރިވާ މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި، ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށްދާ ކަމަށް ފުލުހުން ބުންޏެވެ.
* ޕްރޮފައިލް ހެދުން
ވަގަށް ނަގާފައިވާ ފޮޓޯތަކާއި، ފިކްޝަނަލް ނަންތަކާއި އޮޅުވާލާފައިވާ އަމިއްލަ ތަފްސީލުތައް ބޭނުންކޮށްގެން، ސްކޭމްކުރާ މީހުން މަޖުބޫރު އަދި ހިތްގައިމު ޕްރޮފައިލްތައް އުފައްދަ އެވެ. ގިނަ ފަހަރަށް އެ މީހުންނަކީ ހިތްގައިމު، ކާމިޔާބު ބައެއްގެ ގޮތުގައި ސިފަކުރަނީ އެމީހުންގެ އަމާޒަށް މަގުފަހި ކުރުމަށެވެ.
* އިތުބާރު އުފެއްދުން
ސްކޭމްކުރާ މީހާ ޕޮޓެންޝަލް ވިކްޓިމަކާ ގުޅުވައިލުމަށްފަހު އެގުޅުން ބަދަހިކުރުމަށްޓަކައި ވަގުތާއި މަސައްކަތް އިންވެސްޓްކުރެ އެވެ. ވިކްޓިމްގެ އިތުބާރާއި އޯގާތެރިކަން ހޯދުމަށް އެމީހުން ބޭނުންކުރަނީ އަނިޔާލިބުނު މީހާގެ ސިކުނޑިއާ ޖަޒުބާތީ ގޮތުން ކުޅެލުމާއި އޮޅުވާލުމާއި ލޯބީގެ ބަސްތަކެވެ.
* މީހާގެ ކިބައިގައި ހުންނަ ބަލިކަށި ނުވަތަ ނާޒުކު ކަންކަން ދެނެގަތުން
ސްކޭމްކުރާ މީހުންނަކީ އެމީހުންގެ ޝިކާރައަކަށްވާ މީހުންގެ ނަފުސާނީ ނާޒުކުކަން ދެނެގަނެ، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ބައެކެވެ. މިސާލަކަށް، ލޯބިވާ މީހަކު ދާދި ފަހުން ގެއްލިފައިވާ ނުވަތަ އެކަނިވެރިވެ، އެކުވެރިކަން ހޯދަން އުޅޭ މީހުންނަށް އަމާޒުކޮށް މިފަދަ ކަންކަން ކުރަމުން ގެންދެ އެވެ.
* އެކަހެރިވުން
ގުޅުން ކުރިއަށްދާ ވަރަކަށް ހިޔާނާތްތެރިން މަސައްކަތް ކުރަނީ އެމީހުންގެ ޝިކާރައަކަށްވާ މީހުން އެމީހުންގެ ރައްޓެހިންނާއި އާއިލާއާ އެކަހެރި ކުރުމަށެވެ. ގިނަ ފަހަރަށް އަނިޔާލިބޭ މީހުންނަށް ހަމައެކަނި އެމީހުންނާ މުއާމަލާތުކުރުމަށް ބާރު އެޅުމުގެ ސަބަބުން އަނިޔާ ލިބޭ މީހާ އަށް އެހެން މީހުންގެ ލަފަޔާއި އެހީތެރިކަން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެ އެވެ.
* ފޭކް އިމަޖެންސީސް
ގުޅުމުގެ ތެރޭގައި ބައެއް ފަހަރު ޚިޔާނާތްތެރިވާ މީހުން މެޑިކަލް އިމަޖެންސީ، މާލީ ކާރިސާ ނުވަތަ ގާނޫނީ މައްސަލަތައް ފަދަ ފޭކް އިމަޖެންސީ ހާލަތްތައް އުފައްދަ އެވެ. އެ މީހުން މި ފެބްރިކޭޓެޑް އިމަޖެންސީތައް ބޭނުން ކޮށްގެން، އެމީހުންގެ ޝިކާރައަށްވާ މީހުންގެ އަތުން ފައިސާ ހޯދުމަށް އެދެ އެވެ.
* ފައިސާ ހޯދަން އެދުން
އިތުބާރު ގާއިމުވުމުން، ޚިޔާނާތްތެރިވާ ފަރާތްތައް މާލީ އެހީތެރިކަމަށް އެދެނީ އެމީހުންގެ ފޭކް އިމަޖެންސީތައް ހައްލުކުރުމުގެ ނަމުގައި ނުވަތަ ވިކްޓިމްއާ އަމިއްލައަށް ބައްދަލުކުރަން ރޭވުމުގެ ނަމުގަ އެވެ. އަދި ދަތުރުފަތުރުގެ ހަރަދާއި ހީވެސްނުކުރާ ފަދަ މެޑިކަލް ބިލުތަކަށް ފައިސާ ބޭނުންވާ ކަމަށް ބުނެފާނެ އެވެ.
މަނީލޯންޑަރިން
ބައެއް ހާލަތްތަކުގައި ޚިޔާނާތްތެރިން އެމީހުންގެ ޝިކާރައަކަށްވާ މީހުން ބޭނުންކޮށްގެން ގާނޫނާ ހިލާފަށް ކުރާ ކަންކަމުން ހޯދާ ފައިސާ ލޯންޑަކޮށްފާނެ އެވެ. އެ މީހުން ވިކްޓިމަށް ވިސްނައި ދެނީ އެމީހުންގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ބަލައި ގަތުމަށް ފަހު، ޖިނާއީ ހަރަކާތްތަކުގައި ނޭނގި ބައިވެރިކޮށް އެހެން އެކައުންޓަކަށް ފައިސާ ޓްރާންސްފަކުރުމަށެވެ.
* ވަކި ހިސާބަކުން މީހާ ގެއްލިގެން ދިއުން
އަނިޔާ ލިބުނު މީހާގެ އަތުން ފައިސާ ނެގުމަށް ފަހު، ޚިޔާނާތްތެރިވާ މީހާ އެ ހިސާބުން ގެއްލެ އެވެ. އަދި ވާހަކަ ދެއްކުން ހުއްޓައިލާ ގުޅުން ކަނޑާލަ އެވެ.
* ލޯބީގެ/ރޮމޭންސް ސްކޭމްތައް ހުއްޓުވުން
މާ އަވަހަށް ގުޅުމަކަށް އަވަސްވެގަނެ ނުވަތަ ރަނގަޅަށް މީހާ ނޭނގެނީސް، ގަބޫލު ނުކުރެވޭ ފަދަ އިހުސާސްތައް ފާޅުކުރާ ފަރާތްތަކާމެދު ސަމާލުވާށެވެ. އޮންލައިންކޮށް ބައްދަލުވި މީހަކަށް ފައިސާ ނުވަތަ މާލީ މައުލޫމާތު ނުފޮނުވާށެވެ.
އެ މީހެއްގެ ޕްރޮފައިލް ފޮޓޯތަކުގައި ރިވާސް އިމޭޖް ސާޗުކޮށްގެން އެމީހާގެ އައިޑެންޓިޓީ ކަށަވަރުކުރާށެވެ. ރަހުމަތްތެރިންނާއި އާއިލާއާ ގުޅުން ބަދަހިކޮށް، އޮންލައިންކޮށް ކުރެވޭ މުއާމަލާތުތައް ތަފުސީލުތައް ހިއްސާކޮށް އެމީހެއްގެ ނަޒަރު ހޯދާށެވެ. އަދި ޝައްކު ކުރެވޭ އެކައުންޓުތަކާއި ހަރަކާތްތައް ޕްލެޓްފޯމް އެޑްމިނިސްޓްރޭޓަރުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރާށެވެ.
އެހެންވެ މިކަންކަމަށް ސަމާލުވެ ފާރަވެރިވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.