Last Updated: November 27, 01:11
Tuesday, November 26, 2024
ވިޔަފާރި

އެސްޓީއޯގައި "ތަޅު"، މުވައްޒަފުން މާލެ އަށް

އެސްޓީއޯ ގެ 50 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މަރަދޫފެދޫ އެސްޓީއޯގައި ބޭއްވި ހަރަކާތެއް. ފޮޓޯ/ އެސްޓީީއޯ

އެސްޓީއޯގެ 50 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއުޒިކަލް ފަޔާވޯކްސްއެއް މާލޭގައި ބާއްވަން ނިންމުމާ ގުޅިގެން، އެސްޓީއޯގެ ހިދުމަތްތައް ފަސް ދުވަހަށް ބަންދުކޮށް، މުވައްޒަފުން މާލެ ފުރަން ފަށައިފި އެވެ.

އައްޑޫގައި ހުރި އެސްޓިއޯގެ ބްރާންޗްތަކުގެ މުވައްޒަފުން ވެސް މިއަދުގެ އެކި ގަޑިތަކުގައި ވަނީ ފުރަން ފަށައިފަ އެވެ.

އޭގެ ތެރޭގައި އެންމެ ސީނިއާ މުވައްޒަފުން ފެށިގެން ގޮސް، އެންމެ އާދައިގެ މުވައްޒަފުން ވެސް ހިމެނެ އެވެ.

އެސްޓީއޯ އިން ބުނިގޮތުގައި އެ ކުންފުނީގެ ރަން ޔޫބީލް ހަފްލާއާ އެކު މި މަހު 22 ވަނަ ދުވަހުގެ ރޭ ބާއްވާ ހަރަކާތުގައި މިއުޒިކާ އެއްވަރަށް ހަވާ އަރުވާނީ އެމްއެންޑީއެފުންނެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ނުބާއްވާ ވަރުގެ ފަޔާވޯކްސް ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހަރަކާތާ ގުޅޭ އިތުރު މައުލޫމާތު އާއްމު ކުރާކަށް އެސްޓީއޯ އިން އަދި ބޭނުމެއް ނުވެ އެވެ.

GJKK (2)

އެނގިފައިވާ ގޮތުގައި މި ހަރަކާތް ބޭއްވުމަށް ނިންމާފައި ވަނީ އުސްފަސްގަނޑުގަ އެވެ. އަދި ހަވާ އަރުވާނީ އެސްޓީއޯގެ އަހަރީ ދުވަހުގެ ހަރަކާތްތައް އެ ރޭ ނިންމާލުމަށް ފަހުގައި ކަން ވެސް އެނގިފައި ވެ އެވެ.

ކުރިން އާއްމު ކަމެއް ނޫން ނަމަވެސް ފަހަކަށް އައިސް ތަފާތު މުނާސަބަތުތަކާ ގުޅިގެން ރާއްޖޭގައި ހަވާ އަރުވަ އެވެ.