ޒަމާނީ ތަރައްގީއާ ގުޅޭ ބޮޑެތި ގިނަ ކަންތައްތަކެއް ހިމެނޭ ގޮތަށް މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމްގެ މާލޭގެ ތަރައްގީގެ ޕްލޭން އިއުލާންކޮށްފި އެވެ.
މިކަން އޮތީ ރޭ ބޭއްވި ހާއްސަ ބިލަބޮންގް ހައި ސްކޫލްގައި ބޭއްވި ހަފުލާއެއްގަ އެވެ.
؛ކުރީގެ ޑިފެންސް މިނިސްޓަރުގެ ވެރިކަމުގައި ތަރައްގީކުރަން އެކުލަވާލި ޕްލޭންގައި މައިގަނޑު 16 ޕްރޮޖެކްޓެއް ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ރޭލްވޭ އާއި ސިނަމާތަކާއި ޝޮޕިން މޯލްތަކާއި އިންޓަނޭޝަނަލް ތީމް ޕާކާއި ކޮންވެންޝަން ފްލޯސް އާއި ސިޓީ ހޮޓެލާއި ޕާކިން ބިލްޑިން އަދި އޮވާލެޕް ބްރިޖް ހިމެނެ އެވެ.
އޯވަލެޕް ބްރިޖަކީ މޮނޮރެއިލް ނުވަތަ އެކްސްޕްރެސް ރެއިލް ޕްރޮޖެކްޓެވެ. އެގޮތުން މގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އަދި މާލެ އާއި ވިލިމާލެ ގުޅާލާނެ އެވެ.
މާލޭގެ ތަރައްގީގެ ޕްލޭންގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މަޝްރޫތައް ހިންގަން ރާވާފައިވެ އެވެ. ހަމަ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރަން ވެސް ގިނަ ކަންތައްތަކެއް ކުރަން ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި މާލޭ ހުރިހާ މަގެއް އަލުން ޑިޒައިން ކުރުމާއި ފެން ހިންދާނެ ނިޒާމެއް ގާއިމް ކުރުމާއި މަގު ބައްތިތައް ސޯލާ ކުރުމާއި ސްމާޓް ސިޓީއަކަށް ބޭނުންވާނެ ވަސީލަތްތައް ގާއިމްކުރުމާއި ފަޔާ ހައިޑްރަންޓް މަގުތަކުގައި ހަރުކުރުމާއި ޑިވޯޓަރިން ކުރެވޭނެ ނިޒާމް މަގުތަކުގައި ގާއިމުކުރުމާއި ޒަމާނީ ޓްރެފިކް ލައިޓް ހަރުކުރުން ފަދަ ކަންކަންް ހިމެނެ އެވެ.