ރާއްޖޭގެ ދީނީ އިލްމުވެރިޔާ އުސްމާން އަބްދުﷲ އަވަހާރަވެއްޖެ އެވެ.
އުމުރުން 80 އަހަރުގައި އޭނަ އަވަހާރަވީ މިއަދު ފަތިހު އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އިސްލާމިކް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އުސްމާން އަބްދުﷲ އަކީ ކުރިން މާލޭގެ މިސްކިތްތަކާއި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް، އާންމުކޮށް ދަރުސް ދެއްވި އާންމުންގެ އިހުތިރާމު ލިބިފައިވާ ބޭފުޅެކެވެ.
އުސްމާން އަބްދުﷲ އަކީ ކުއްލިއްޔާ އުސޫލުއްދީން ވައްދައުވާއިން މަތީ ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ. އެތަނުން ކިޔަވާ ވިދާޅުވުމަށް ފަހު، ރާއްޖެ ވަޑައިގެން ފުރަތަމަ ކުރެއްވި މަސައްކަތަކީ ވެސް ދީނީ ރޮނގުން ނަސޭހަތް ދެއްވުމަށް އެކި ރަށްރަށަށް ވަޑައިގެން ދީނީ މައުލޫމާތު ފެތުރުއްވުމެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް އުފައްދަވައި އެތަން އުވާލަންދެން އުސްމާން އަބްދުﷲ އެތަނުގައި ކިޔަވައި ދެއްވި އެވެ. މުން ގެންދެވި އެވެ.
ށ. މަރޮށީގައި އާއިލީ ސްކޫލެއް މަދުރަސަތުލް މުނައްވަރާގެ ނަމުގައި ވެސް ހިންގަވައި ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު އުސްމާން އަބްދުﷲ ވެސް ކުރެއްވި އެވެ. ދީނީ މައުލޫމާތު ފަތުރައި ދީނީ ހޭލުންތެރިކަން އުފައްދަވަން އޭނަ ކުރެއްވ މަސައްކަތުގެ ތެރޭގައި ޒަކާތާ ގޮތުން ހޭލުންތެރިކަން އުފެއްދުމުގައި އުސްމާން އަބްދުﷲ ގެ ދައުރު ރާއްޖޭގައި ވަރަށް ބޮޑެވެ.
ދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި ޚިދުމަތްކުރުމާއި، ދިނީ ޢިލްމު އުނގަންނައި ދިނުމުގެ ދާއިރާއިން ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2012 ގައި އުސްމާން އަބްދުﷲ އަށް ލިބިވަޑައިގެންފައިވެ އެވެ.