Last Updated: February 22, 22:16
Saturday, February 22, 2025
ޚަބަރު

މޫސުން ގޯސް ވިޔަސް އެމްޑީޕީގެ ޖަލްސާ ކުރިއަށްދާނެ

މޫސުން ގޯސް ވިޔަސް މިރޭ އެމްޑީޕީން މާލޭގައި ބާއްވާ ޖަލްސާ ކުރިއަށް ދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކާނިވާ ސަރަހައްދުގައި މި ޖަލްސާ ބާއްވާއިރު މިއަދަކީ މާލެ އަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މޫސުން ގޯސް ވިޔަސް ޖަލްސާ ކުރިއަސް ގެންދަން އެމްޑީޕީން ވަނީ ޖަލްސާގެ ކޮންމެ ބައިވެރިއަކަށް ކުޑައެއް ލިބޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

މި ޖަލްސާގައި އަންނަ ދައުރަށް އެމްޑީޕީން މާލެ ސަރަހައްދަށް ހުށަހަޅާ ތަސައްވުރު ހާމަކުރެއްވުން އޮންނާނެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް ސޯލިހާއި އެމަނިކުފާނުގެ ރަނިން މޭޓް މުހައްމަދު އަސްލަމް އަންނަނީ ރާއްޖޭގެ އެކި ދަތުރުތަކޮށް އެ ޕާޓީގެ ސިޔާސަތުތައް ހާމަކުރައްވަމުންނެވެ.