ރިޔާސީ އިންތިހާބަށް ސަންގު ޓީވީން ބާއްވާ ބަހުސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް އޭނާގެ އެޑްވައިޒަރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ވިދާޅުވީ ރިޔާސީ ބަހުސް ގާސިމް ކާމިޔާބު ކުރައްވާފައިވާ ކަމަށާއި ގާސިމް ދެއްކެވި ތެދުވެރިކަމާ ސާބިތުކަމަށް އައްސަރިބަހާއި ސާބަސް އަރިސްކުރައްވާ ކަމަށެވެ.
މަރުހަބާ އޮނަރަބަލް @qasimibrahim
އިރާދަފުޅުން ރިޔާސީ ބަހުސް މަނިކުފާނު ކާމިޔާބު ކުރައްވައިފި. ތިޔަ ދެއްކެވި ތެދުވެރިކަމާ ސާބިތުކަމަށް އައްސަރިބަހާއި ސާބަސް އަރިސްކުރަން 🇲🇻❤️ pic.twitter.com/Y4vpjiYJuH— Ali Waheed (@ali20waheed) September 2, 2023
ދައުލަތުގެ މީޑިއާ ޕީއެސްއެމާ ގުޅިގެން ސަންގު ޓީވީން ބޭއްވި މި ބަހުސްގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ 8 ކެންޑިޑޭޓުން ވެސް ބައިވެރިވެފައިވެ އެވެ. މި ބަހުސްގައި ތަފާތު އެކި ދާއިރާތަކުން ވަނީ ކެންޑިޑޭޓުންނާއި ސުވާލު ކުރިމަތިކޮށްފަ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބަކީ 2008 ގެ ފަހުން ރިޔާސީ އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ ފަހަރެވެ. އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ:
ކެންޑިޑޭޓް ނަމްބަރު 1: އުމަރު ނަސީރު (އަމިއްލަގޮތުން)
ކެންޑިޑޭޓް ނަމްބަރު 2: ހަސަން ޒަމީލު (އަމިއްލަގޮތުން)
ކެންޑިޑޭޓް ނަމްބަރު 3: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
ކެންޑިޑޭޓް ނަމްބަރު 4: ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
ކެންޑިޑޭޓް ނަމްބަރު 5: ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
ކެންޑިޑޭޓް ނަމްބަރު 6: އަހުމަދު ފާރިސް މައުމޫން (އަމިއްލަގޮތުން)
ކެންޑިޑޭޓް ނަމްބަރު 7: އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
ކެންޑިޑޭޓް ނަމްބަރު 8: މުހައްމަދު ނާޒިމް (އެމްއެންޕީ)
ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމާފައި ވަނީ ސެޕްޓެމްބަރު 30ގަ އެވެ.