Last Updated: November 24, 09:26
Sunday, November 24, 2024
ޚަބަރު

ޖަރާސީމު އެކުލެވޭ ޗީޒެެއް ވިއްކުން މަނާކޮށްފި

ޖަރާސީމު އެކުލެވޭ ޗީޒެެއް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) މަނާކޮށްފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 'ލިސްޓީރިއާ މޮނޯސައިޓޯޖީންސް' ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމަށްވާ ފަރަންސޭސި ވިލާތުގެ ކަމެމްބާޓް ޗީޒް ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަފުގެ ރެޕިޑް އެލާޓު ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.

އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ފަރަންސޭސި ވިލާތުން އެތެރެ ކޮށްފައިވާ އެ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އެދިފަ އެވެ. އަދި އަދި އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ނަންބަރު 3014361 ނުވަތަ 7603204 ގުޅުމަށް ވަނީ އެދިފަ އެވެ.