Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ކެމްޕޭނަށް ގާސިމް އައްޑު އަށް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އައްޑު ސިޓީ އަށް މިރޭ ވަޑައިގެންފި އެވެ.

ގާސިމްގެ އަރިހުގައި އެމަނިކުފާނުގެ ރަނިންމޭޓް އަމީން އިބްރާހިމް އާއި ޖޭޕީގެ ބައެއް އިސް ބޭފުޅުން އައްޑު އަށް ވަނީ ވަޑައިގެންފަ އެވެ.

އައްޑު އަށް ގާސިމް ކުރާ ދަތުރުފުޅުގައި މިރޭ ހިތަދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާ އޮންނާނީ ހިތަދޫގައި ހުންނަ ޖޭޕީގެ އޮފީހުގަ އެވެ.

އައްޑު އަށް ފަހު މާދަމާ ގާސިމް ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާއިރު ދެން ގާސިމް ވަޑައިގަންނަވާނީ ގއ އަދި ގދ ގެ ރަށްތަކަށެވެ. އަދި ހަ ވަނަ ދުވަހު ލ. އަތޮޅަށް ގާސިމް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.