Last Updated: December 23, 12:05
Monday, December 23, 2024
ޚަބަރު

މައުމޫން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ނޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވީ އަނިޔާވެރި ވެރިކަމެއް ނޫން ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަދި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އިއްޔެ ލ. އަތޮޅަށް ވަޑައިގެން މީޑިޔާއަކާ ވާހަކަދައްކަމުން ފާރިސް ވިދާޅުވީ މައުމޫން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ނޫން ކަމަށާއި ނަމަވެސް ހުރިހާ ވެރިކަންތަކުގައި ވެސް ރަނގަޅު ކަންތައްތަކާއި ރަނގަޅު ނޫން ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މައުމޫންގެ ވެރިކަމުގައި ނިޒާމު ހުރި ގޮތުން ބައެއް މީހުންނަށް އަނިޔާތަކެއް ލިބިފައި އެބަހުރި ކަމަށް ގަބޫލުކުރައްވާ ކަމަށް ފައިސާ ވިދާޅުވި އެވެ.

"ހަމަ ޔަގީނުން ވެސް ބައްޕަ އަންގަވައިގެނެއް މީސް މީހުންނަކަށް އަނިޔާ ކުރައްވާފައެއް ނޯންނާނެ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ މިހާރު މިއީ މުޅިން އެހެން ދުނިޔެއެއް ކަމަށާއި ގާނޫނުތަކާއި ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އޭނާ ގަބޫލުކުރާ އުސޫލަކީ އެންމެންނަށް އިހުތިރާމު ކުރުމާއެކު އަދުލުވެރިކަމާއެކު ކަންކަން ކުރުން ކަމަށާއި އަދި ވެރިކަމަކީ ދެފުށް ފެންނަ ގޮތަށް ކުރަންޖެހޭ ކަމެއް ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.

އަދި ޕާޓީއަކަށް ބެލުމެއް ނެތި މަތީ މަގާމުތަކުން ފުރުސަތު ހޯދައިދޭން ވާނީ ރާއްޖެ އަށް އެންމެ އެކަށީގެންވާ މީހުންނަށް ކަމަށާއި ގައުމު ހިންގަން ވާނީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކަމަށްވެސް އެމްއާރްއެމްގެ ރައީސްކަން ވެސް ކުރައްވާ ފާރިސް ވިދާޅުވި އެވެ.