Last Updated: September 19, 21:36
Thursday, September 19, 2024
ރިޕޯޓް

މޫނުގެ ޗާލޫ ކަމަށް މޭވާ

* ޕީޗް: ޕީޗްގެ ދިޔައިގެ ތެރެއަށް ޓޯމާޓޯ ދިޔަ އަދި ލުނބޯ ހުތް އެއްކުރުމަށް ފަހު މޫނާއި ކަރުގައި އުނގުޅާށެވެ. މި ގޮތަށް ބަހައްޓާނީ 15 ވަރަކަށް މިނެޓް ވަންދެންނެވެ. އެއަށް ފަހު ދޮވެލާށެވެ.

Peach

ކިއުކަމްބާ: ކިއުކަމްބާގެ ދިޔައިގެ ތެރެއަށް ލުނބޯ ހުތާއި ފިނިފެން (ރޯސް ވޯޓާ) އެއްކުރުމަށް ފަހު ކަރާއި މޫނުގައި އުނގުޅާށެވެ. 15 މިނެޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ.

cucumber

މިހެން ހެދުމުން ހަންގަނޑު އޮމާންވާނެ އެވެ. އަދި ލުނބޯ ހުތާއި ކިރާއި ކިއުކަމްބާ އެއްކުރުމަށް ފަހު މޫނުގައި އުނގުޅާށެވެ. 15 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ.
މި މޫނުގައި އުނގުޅުމުން މޫނުގައި ހުންނަ ޕޯސްތައް ހުޅުވި އޭގެ ތެރޭގައި ހުންނަ ކިލާތައް ސާފުވާނެ އެވެ.

ކެބެޖް: ކެބެޖްގެ ދިޔަ ފެލުމަށް ފަހު ޔީސްޓާއި މާމުއި އެއްކުރުމަށް ފަހު މޫނުގައި އުނގުޅާށެވެ. 15 މިނެޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ. އޭރުން މޫނުގެ ހަންގަނޑު ކުރަކިވުމުން ސަލާމަތް ކުރެވި ދާނެ އެވެ.

cabbage-natural-cure-for-stomach-ulcer

އޮރެންޖް: އާމަންޑް ގްރަންއިޑް ކުރުމަށްފަހު އެއާއި ކިރާއި އޮރެންޖް ދިޔަ އާއި ކެރެޓް ދިޔަ އެއްކުރުމަށް ފަހު މޫނާއި ކަރުގައި އުނގުޅާށެވެ. 15 ވަރަކަށް މިނެޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ. މި ގޮތަށް ހެދުމުން މޫނުގެ ހަންގަނޑު މަޑުވެފައި އޮމާންވާނެ އެވެ.

_uploads_2014_12_orange-cv

ޓޮމާޓޯ: ޓޮމާޓޯ ދިޔަ އާއި ލުނބޯ ހުތް އެއްކުރުމަށް ފަހު މޫނުގައި އުނގުޅާށެވެ. 15 ވަރަކަށް މިނެޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ. މި ގޮތަށް ހެދުމުން މޫނުގައި ހުންނަ ޕޯސްތައް ހުޅުވުމަށް އެހީތެރިވެދެ އެވެ.

HJHLK

ކަރާ: ކަރާގެ ފެން މޫނުގައި އުނގުޅުމަކީ ވެސް މޫނު ރީތިވާ ކަމެކެވެ. ކަރާ ފެން މޫނުގައި އުނގުޅާފައި 15 މިނެޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ. އޭރުން މޫނު ތާޒާކަމަށް ފެންނާނެ އެވެ. ހަމަ އެ ގޮތަށް ރޯ އަލުވީގެ ދިޔަ ވެސް މޫނުގައި އުނގުޅުމުން މޫނު ރީތިވެ އެވެ.

Watermelon

އާފަލު: އާފަލު ރީތިކޮށް ފޮތިކޮށްފައި ވެސް މޫނުގައި އުނގުޅިދާނެ އެވެ. އޭގެ އިތުރުން އާފަލުގެ ދިޔަ ލުނބޯ ހުތާ އެއްކުރުމަށް ފަހު މޫނުގައި އުނގުޅުމުން މޫނު ސާފުވާނެ އެވެ.

fresh_cut_apples1

ހަމަ އެ ގޮތަށް ކުރުނބާ ފެނުން މޫނު މަސާޖުކުރުމުން ވެސް މޫނުގެ ހަންގަނޑު ސާފުވާނެ އެވެ.