ފުލުހުންގެ ތަމްރީނުތަކަށް އައްޑޫގައި އިމާރާތް ކުރި ޕޮލިސް އެކަޑަމީ އަކީ ފަހުގެ ތާރީހެއްގައި އެތަނާ ގުޅޭ ގޮތުން ތަފާތު އެތައް ވާހަކަ ތަކެއް އިދިކޮޅުން ދެއްކި ތަނެކެވެ.
އިންޑިއާގެ ހިލޭ އެހީގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށް ރާއްޖޭގައި ހެދި ތަނަކީ މިހާރު ފުލުހުންގެ ތަމްރީނުތައް ހަދަމުން އަންނަ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" އެވެ. މި އިމާރާތް މިދިޔަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު ހުޅުވުމާ ހަމައަށް ވެސް އިދިކޮޅުން ދިޔައީ އެތަނާ ގުޅޭ ގޮތުން އެތައް ވާހަކައެއް ދައްކަމުންނެވެ.
ޕޮލިސް އެކަޑަމީ ގުޅުވީ އިންޑިއާގެ ނުފޫޒާ
އައްޑޫގައި ކުރިން ހުރި ޕޮލިސް އެކަޑަމީ ފެބްރުއަރީ 8، 2012 ގައި ހުޅުޖަހައި އަންދާލުމާއި ގުޅިގެން ފުލުހުންގެ ތަމްރީނުތަކަށް ބޭނުން ކުރާނެތަނެއް ވަނީ ނެތިފަ އެވެ. އެތަން އަންދާލުމުގެ ކުރިންވެސް ފުލުހުން ދިޔައީ ފުލުހުންނަށް ބޭނުންވާ ހާއްސަ ތަމްރީނު ހެދުމަށް ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ޕޮލިސް ކޮމިޝްނާ އަހުމަދު ފަސީހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވަނީ އެކަޑަމީއެއްގެ ކަންކަމާއި އިންޑިއާ އާއި އެކު މަޝްވަރާކޮށްފަ އެވެ. އަދި އޭގެ ފަހުންވެސް ފުލުހުންގެ އިސްވެރިން ވަނީ މިފަދަ އެކަޑަމީއަކާ ގުޅޭ ގޮތުން އެކި ފަހަރުމަތިން އިންޑިއާ ސަރުކާރާ އެކު މަޝްވރާކޮށްފަ އެވެ.
މި މަޝްވަރާތަކަށް ފަހު އިންޑިއާގެ އެހީގައި ޕޮލިސް އެކަޑަމީ ހެދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިގަތީ އިންޑިއާގެ ނުފޫޒާ ޕޮލިސް އެކަޑަމީ ގުޅުވައިގެން ހުރިހާ ވާހަކަ ތައް ފެތުރި ޕީޕީއެމް ސަރުކާރުގަ އެވެ. ޕީޕީއެމްގެ އިސް ފަރާތްތަކުން ސިޔާސީ ގޮތުން މިވާހަކަ ދެއްކި އިރު އެ ފަރާތްތަކަށް މިކަމުގެ ހަގީގަތެއް އެނގެއެވެ.
ޕީޕީއެމް އިސްވެ އޮވެ މިކަން ގުޅުވަނީ ރާއްޖެ އަތްގަދަކުރަން އަދި ވަކިން ހާއްސަ އެންމެ ދެކުނުން އައްޑު އަށް "ވެރިވެގަންނަން" ހިންގާ ޖަރީމާއެއްގެ ގޮތުގަ އެވެ. ނަމަވެސް ދިވެހި ސަރުކާރާއި ސީދާ އިންޑިއާ ސަރުކާރުން އޭރުވެސް އެ ތުހުމަތުތައް ދޮގުކުރެ އެވެ.
ސަރުކާރުން އޭރުވެސް ބުނަމުން އައީ ޕޮލިސް އެކަޑަމީ އަކީ އިންޑިއާ އިން ހަދައިދޭ ތަނަކަށް ވިޔަސް އެތަނުގެ ހުރިހާ ކޮންޓްރޯލެއް އޮންނާނީ ސީދާ ދިވެހި ސަރުކާރަށެވެ. އެހެންވެ އެކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.
ޕޮލިސް އެެކަޑަމީއާ ގުޅުވައި އިދިކޮޅުން ދެއްކި ވާހަކަތައް
ޕޮލިސް އެކަޑަމީއާ ގުޅުވައި އިދިކޮޅުން ދެއްކި އެންމެ ބޮޑު ވާހަކައަކީ އެތަނުގައި ތިބޭނީ އިންޑިއާ ސިފައިން ކަމަށާއި، އިންޑިއާގެ ހަތިޔާރުތައް އެތަނުގައި ޖަމާ ކުރާނެ ކަމަށެވެ. އަދި ޕޮލިސް އެކަޑަމީ ހުންނަ ލިންކު ރޯޑުގައި ގޭޓު ހަދައި ލިންކު ރޯޑުން ދަތުރުކުރެވޭނީ އިންޑިއާގެ ހުއްދަ ހޯދައިގެން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އަމިއްލަ ކެންޑިޑޭޓު އުމަރު ނަސީރު މާޗު 28، 2022 ގައި ވިދާޅުވީ އައްޑޫ ޕޮލިސް އެކަޑަމީ ފަރުމާކޮށްފައި ވަނީ އިންޑިޔާގެ މިލިޓަރީ ބޭސްއެއްގެ ގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ.
"ބޮޑެތި ބާރު ތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑު ތަށް ބޭނުން ކޮށްގެންނެވެ. މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލާ ދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވާދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަދުތަށް އިތުރުކޮށްފައިވާ ވުން އެއީ މީގެ މިސާލެކެވެ." އުމަރު ވިދާޅުވި އެވެ.
ވަނަ އަހަރު ސެޕްޓެމްބަރު 16، 2021 ގައި ވަނަ ދުވަހު "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި ޕީޕީއެމް ކޯލިޝަނުން ފެށި ކެމްޕެއިންގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އައްޑޫގައި ހަދާ ޕޮލިސް ޓްރެއިނިންގް ސެންޓަރު ހިބައިން އިންޑިއާއަށް ދިފައިވާ ކަމަށެވެ.
"އުތުރު ތިލަފަޅުގެ އެއްބަސްވުން ހެއްދެވިއިރު އެބޭފުޅުން ތިއްބެވީ ރާއްޖޭގައި. ހަނިމާދޫގައި ބޭރުގެ ސިފައިން އައިސް ވަޒަންވެރިވިއިރު އެބޭފުޅުން ތިއްބެވި ރާއްޖޭގައި. އައްޑޫގައި ހަދާ ޓްރެއިނިންގް ސެންޓަރު ހިބައިން ދޭއިރު މިބޭފުޅުން ތިއްބެވީ ހަނު. މިބޭފުޅުންނަކަށް ނޭނގޭ ރައްޖޭގައި އިންޑިޔާ ސިފައިން ތިބިކަމެއް" އަދުރޭ ވިދާޅުވި އެވެ.
އިދިކޮޅުން ދެއްކި ވާހަކަ ތައް ދޮގު، ތަން ބޭނުން ކުރަނީ ދިވެހިން
ޕޮލިސް އެކަޑަމީގައި އިންޑިއާ ސިފައިން ތިބޭނެ ކަމަށާއި ތަން ކޮންޓޯރު ކުރާނީ އިންޑިއާއިން ކަމަށް ބުނެ އެތައް އިދިކޮޅުން ދެއްކީ ދޮގު ވާހަކަތެއްކަން މި އަދު ދިވެހިންނަށް ވަނީ އެނގި ސާބިތުވެފައެވެ. ޕޮލިސް އެކަޑަމީ ހުޅުވި ފަހުން އެތަނުން އެތައް ފުލުހުންނެއް ތަމްރީނު ހަދައިފި އެވެ.
ޕޮލިސް އެކަޑަމީ ހުޅުވި ދުވަހުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތަށް އެތަނަކީ އައްޑޫގެ ސްކޫލް ތަކާއި އާއްމު ބައެއް ފަރާތްތަކާއި ސަރުކާރުގެ މުވައްސަސާ ތަކުގެ އިތުރުން އައްޑޫގެ ބައެއް ޖަމިއްޔާ ތަކުން ބޭނުން ކުރަމުން އަންނަ ތަނެކެވެ. އެތަނުގެ ބައެއް ފެސިލިޓީ ތަކުގައި އައްޑޫގެ ބައެއް އެތްލީޓުން ވަނީ ތަމްރީނުވެފަ އެވެ.
ޕޮލިސް އެކަޑަމީގެ ވާހަކަ އިދިކޮޅުން މިހާރު ނުދައްކާ
މީގެ ކުރިން އިދިކޮޅުން ބާއްވާ ކޮންމެ ޖަލްސާއެއްގައި އައްޑޫ ޕޮލިސް އެކަޑަމީ އާއި ގުޅުވައިގެން ކޮންމެވެސް ތުހުމަތެއްކުރި އެވެ. ނަމަވެސް ތަން ހުޅުވައި ތަން ބޭނުން ކުރަން ފެށި ފަހުން ކުރިން ދެއްކި އެއްވެސް ވާހަކައެއް މިހާރު ނުދައްކައެވެ. މިހާރު އެތަނަކީ ހުރި އިމާރާތެއްކަން ވެސް އިދިކޮޅު ފަރާތްތަކަށް ނޭގެއެވެ.
ލިންކު ރޯޑުން ނުދުއްވޭނެ ކަމަށް ބުނެ ރައްޔިތުން ބޮލަށް ވެއްދީ ބުހުތާނު ދޮގުކަން މިއަދު މިވަނީ ސާފުވެފައެވެ. އޭރު ރައްޔިތުންގެ ލޭކަކުވައި ސިޔާސީ ކަންތައް ކުރެވެން އޮތީ އެފަދަ ވާހަކަތަކުންކަން އިދިކޮޅަށް އެނގެ އެވެ. އެހެންވެ އެކަން ކުރީ ކަން މިއަދު ސާފެވެ.
އައްޑޫ ޕޮލިސް އެކަޑަމީ އަކީ އައްޑޫގެ ތަރައްޤީ އާއި ގުޅިފައިވާ މުހިއްމު ބިނާއެކެވެ. އެތަނުގައި ކުރިއަށްދާ ކޮންމެ ތަމްރީނު ހަރަކާތަކާއި އެކު އައްޑޫގެ އިގްތިސާދަށް އެތައް ފައިދާ ލިބެ އެވެ. ވަޒީފާގެ ފުރުސަތާއި ތަނުގެ ފެސިލިޓީތަކުގެ ބޭނުން މިއަދު އައްޑޫ ރައްޔިތުންނަށް ލިބޭ އިރު އެ ތަނަކީ އައްޑޫގެ ކުރިމަގާ ގުޅިފައިވާ ތަނެކެވެ.