Last Updated: November 30, 10:30
Saturday, November 30, 2024
ޚަބަރު

ސިކްސް ސެންސެސް ކަނުހުރާ އަލުން ހުޅުވައިފި

ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު ޅ. އަތޮޅުގައި ތަރައްގީކޮށްފައިވާ ސިކްސް ސެންސެސް ކަނިހުރާ ރިސޯޓް އަލުން ހުޅުވައިވި އެެވެ.

މި މަހުގެ 1 ގައި އެތަން އަލުން ރަސްމީކޮށް ހުޅުވައި، ޓޫރިސްޓުންނަށް މިހާރު އަންނަނީ މަރުހަބާ ކިޔަމުންނެވެ. ޗުއްޓީ އަށް ދާ މީހުންނަށް ހިތްގައިމު، އެހާމެ ހިތްފަސޭހަ މާހައުލެއް ތަޖުރިބާކޮށްލެވޭ ގޮތަށް ތަރައްގީކޮށްފައިވާ ސިކްސް ސެންސެސް ކަނުހުރާ އަކީ 91 ވިލާގެ ތަނެކެވެ. އޭގެ ތެރޭގައި ޖާގަ ތަނަވަސް ފެމިލީ، ބީޗް އަދި އޯވަވަޓަ ޕޫލް ވިލާތައް ހިމެނެ އެވެ.

ސިކްސް ސެންސެސް ކަނުހުރާ އަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ސީޕްލޭންގައި ނަގާނީ 40 މިނިޓެވެ. މި ރިސޯޓަކީ ޓޫރިސްޓުންނަށް ބޭނުންވާނެ އެތައް ވަސީލަތެއް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ވަރަށް ޒަމާނީ ރިސޯޓެކެވެ.

ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނެފައިވާ އިރު، އަހަރުން އަހަރަށް ރާއްޖޭގައި ހުޅުވާ ރިސޯޓްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި ރާއްޖެ އަކީ ޓޫރިޒަމްގައި ދުނިޔޭގައި އެންމެ ނަން މަޝްހޫރު އެއް މަންޒިލެވެ.