އިގުތިސާދީ ގޮތުންނާއި އިިޖުތިމާއީ ގޮތުން ރާއްޖެ މިހާރު ހޯދާފައިވާ ކުރިއެރުންތަކާ ގުޅުވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރު އެލެގްޒެންޑާ ޑައުނާ ތައުރީފު ކުރައްވައިފި އެވެ.
ރައީސް ޓެގް ކުރައްވައި އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖެ އަށް އިގުތިސާދީ ގޮތުންނާއި އީޖިތިމާއީ ގޮތުން ވަރަށް ބޮޑު ހަމަޖެހުމެއް ހޯދާފައިވާ ކަމަށެވެ. އަދި ކުރީގެ މިނިސްޓަރެއްގެ ހައިސިއްޔަތުން ރައީސްގެ އެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޑައުނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރު ފާހަގަކުރެވެނީ ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް ވެރިކަންކުރާ އަދި ބައިނަލްއަގުވާމީ ގުޅުންތަކަށް ވެސް ވަރަށް އިސްކަންދޭ ސަރުކާރެއްގެ ގޮތުގަ އެވެ. އެގޮތުން މި ސަރުކާރުން އަލުން ކޮމަންވެލްތާ ގުޅުނުކަން ފާހަގަކުރައްވާފައިވެ އެވެ. ވަރުގަދަކުރަން އިސްކަމެއް ދީފައިވާ ކަމަށެވެ. ރާއްޖެ އަލުން ކޮމަންވެލްތަށް ގުޅުމުގެ ފުރުސަތު ދިނުމަކީ އެކަމުގެ ނަތީޖާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
The Maldives Under Ibrahim Mohamed Solih @ibusolih has stabilised and made substantial economic and soclal advances. As a former Australian Foreign Minister, I admire what he has achieved.
— Alexander Downer (@AlexanderDowner) September 6, 2023
ޑައުނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް 10 ޕަސެންޓް ސާވިސް ޗާޖު ދޭން ނިންމުމުން އެ ދާއިރާގެ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ވެސް ރަނގަޅުވެފައިވާ ކަމަށެވެ. އަދި އޮސްޓްރޭލިއާ ގޮތަށް ރާއްޖޭގައި ވެސް މިހާރު މިނިމަމް ވޭޖް ކަނޑައަޅައޮި އިގުތިސާދީ ހަމަހަމަކަން ގެންނަން ސަރުކާރުން މަސައްކަތްކޮށްފައިވާކަން ޑައުނާ ފާހަގަކުރެއްވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ރާއްޖެ އަކީ މިހާރު ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ވެސް އޮތް ގައުމެކެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އަދި މިހާރު ރާއްޖެ އަކީ، މުސާރައާ އެކީ މުވައްޒަފުންނަށް ހަ މަހުގެ މެޓާނިޓީ ލީވް އާއި އެއް މަހުގެ ޕެޓާނިޓީ ލީވް ދޭ އިސްކާމީ މަދު ގައުމުތަކުގެ ތެރެއިން ގައުމެއްކަން ވެސް ފާހަގަކުރެއްވި އެވެ.
ޑައުނާ ސިފަކުރެއްވި ގޮތުގައި ރާއްޖެ އަކީ ކުޑަ ގައުމަކަށް "21 ވަނަ ގަރުނުގެ މައްސަލަތަކަށް އަދުލުވެރި ހައްލުތައް ހޯދަން މަސައްކަތްކުރާ" ގައުމެކެވެ.
މި ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކުން ފާހަގަކުރާ ގޮތުގައި ކޮވިޑާ އެކީ ކުރިމަތިލާން ޖެހުނު ދަތި ދެ އަހަރުގެ ތެރޭގައި ރާއްޖެ އަކީ މުޅި ދުނިޔެ އަށް ނަމޫނާ ދެއްކި ގައުމެވެ. އެގޮތުން އެ ވަބާއިން ވަރަށް އަވަހަށް އަރައިގަނެ، އިގުތިސާދު ހާލަތު ވަރަށް އަވަހަށް ކޮޅަށް ނަގަން ސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ކަމަށް މުޅި ދުނިޔެ ވެސް ގަބޫލުކުރެ އެވެ. އެގޮތުން ރައީސްގެ ހިކުމަތްތެރި ސިޔާސަތުތަކަށް ގިނަ ބަޔަކު ތައުރީފުކުރެ އެވެ.
ރައީސް ސޯލިހު މިހާރު ހުންނެވީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވާ މަސައްކަތުގެ ތެރޭގަ އެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން އެ މަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބޭނެތޯ ނޫންތޯ ކަށަވަރު ވާނެ އެވެ.