ރުފިޔާގެ ސައްހަ ނޫން ނޫޓްތަކެއް ދައުރުވަމުން ނުދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އުން ބުނެފި އެވެ.
މަރުކަޒީ ބޭންކުން އެކަން ކަށަވަރުކޮށް ދިނީ 500ރ. ގެ ވަގު ނޫޓްތަކެއް ދައުރުވާ ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި ދެކެވެން ފެށި ވާހަތަކާ ގުޅިގެންނެވެ. އެގޮތުން ސައްހަ ނޫން ކަމަށް ބުނާ 500ރ. ރުފިޔާގެ ނޫޓެއް ހޯދައި ޗެކްކުރި އިރު އެއީ ސައްހަ ނޫޓެއްކަން ޔަގީންވެފައިވާ ކަމަށާއި ސައްހަ ނޫން ނޫޓްތަކެއް ދައުރު ނުވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެތަނުން ބުނި ގޮތުގައި ނޫޓުތަކުގެ އެކި ބެޗްތަކުގައި ނޫޓުތަކުގެ ސައިޒުގައި ކުޑަ ތަފާތުތަކެއް ހުއްޓަސް އެއީ ނޫޓްގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި މިހާރު ބޭނުން ކުރަނީ ސެކިއުރިޓީ ގިނަ ފީޗާތަކެއް އެކުލެވޭ ޕޮލިމާ ނޫޓެވެ. އެ ނޫޓް ތައާރަފުކުރީ 2016 ގަ އެވެ.