Last Updated: May 2, 02:14
Friday, May 2, 2025
ޚަބަރު

މޮޅުވާނީ ގާސިމް ތާއީދުކުރާ ކެންޑިޑޭޓް: އިލްހާމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން މޮޅުވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދުކުރައްވާ ކެންޑިޑޭޓް ކަމަށް ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުތަކުގައި މީގެކުރިން "ކިންގް މޭކާ" ގެ ގޮތުގައި ފާހަގަކުރެވުނު ގާސިމަށް މިފަހަރުގެ އިންތިހާބުގައި ލިބިވަޑައިގެންނެވީ 5،460 ވޯޓާއެކު ފަސްވަނަ އެވެ.

އިލްހާމް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ގާސިމް ތާއީދު ކުރައްވާ ކެންޑިޑޭޓު ކަމަށާއި ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައި ވަރަށް އަވަހަށް ގާސިމް ނިންމަވާ ނިންމެވުން ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުކުރެވުނުއިރު އިންތިހާބުގެ ހުރިހާ ވޯޓު ފޮށްޓެއް ގުނާ ނިމުނުއިރު އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު ވަނީ 101،635 ވޯޓު ހޯއްދަވާފަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިންތިހާބުގައި ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ވަނީ 15،839 ވޯޓު ލިބިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގަ އެވެ.

ހިޔާލު ފާޅުކުރައްވާ 4ކޮމެންޓް

އަހް

ކަލޭމެންނަށް ލިބުނި 5000 ވޯޓް ދީގެން ހޮވޭނެ ވެރިޔަކުނެތް! ޤާސިމަށް ދޯކާ ދިންމިހުން އެހެންމީހުންނަށް ދޯކާ ދޭން އުޅޭނކަމެއް ނެތް!

އަހުމަދު

ތާއިދު ކުރާނީ މޮޅުވާނެކަން ޔަގީންވާމީހަކައް

ރިއަލިޓީ

އަދިވެސް ޤާސިމް ބޮލަށް ފިތާ….. އިލްހާްމް 7 މިލިޔަން ނަގައިގެން ގެމަނަފުށިން ލިބުނީ 42 ވޯޓް ، އައްޑޫ ސޯލިހް އަށް ލިބުނީ 122 ވޯޓް . އަދިވެސް އަނގަ އޮތީމަ މޮޅުވާހަކަ ދައްކާ

މުންޖިޗީ

މިމީހުންނަކީ ޤާސިމް ހަލާކުކޮށް ދުވަސްދުއްވާލަން ފޫގަޅާފަ ތިބި ބައެއް، މިމީހުންގެ އުރައްޕެއް ހުރިނަމަ، މިމީހުންގެ ރަށްރަށުން އަދި މިމީހުންގެ ބަސްވިކޭ މީހުން ޤާސިމަށް ވޯޓުލީސް، ދެރަވަރު ނަތީޖާއެއް ނުކުތީމަ ނުކުމެ މިޒާތުގެ ގަދަބަސް ބުނުމުން ރައްޔިތުން މަލާމާތްކުރާނެކަންވެސް މިވެރީންނަކަށް ނުވިސްނޭ، މިހާ އަމިއްލަ އެދުން ބޮޑުވީމަ މިއީ ތަންކޮޅެއް ބޮޑުވަރު، ތިޔަގޮތަށްވުރެ ޙަޤީޤަތަށް ހާމަކޮށްދީ ލީޑަރަށް ހެޔޮމަގު ދެއްކުން މާރަނގަޅު، ބޮލަށް ސަވާރުވެ ހާމާނުހެން ނުބައިމަގު ދެއްކުމުގައި ވަރުގަދަ ލަޝްކަރެއްހެން އަބަދު ވަށާލައިގެން ތިބެނީ ތިމާމެންނަށް ލިބޭ މަންފާތަކެއްގެ ބޮޑުކަމުން، އަގުވެއްޓި އިތުބާރު ގެއްލެނީވެސް މިމީހުންނާހުރެ.