ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކަށް އަނެއްކާ ވެސް އިތުރު ކުއްޖަކު ލިބިއްޖެ އެވެ.
ދާދި ފަހުން "އެކްސް" އަށް ރީބްރޭންޑްކުރި ޓްވިޓާގެ އިތުރުން ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އަށް އިތުރު ކުއްޖަކު ލިބުކަން އެނގުނީ އެ ކުއްޖާގެ ނަން ސޯޝަލް މީޑިއާގައި އީލޮން ހިއްސާކުރުމުންނެވެ. އެ ކުއްޖާގެ ނަމަކީ ޓައު ޓެކްނޯ މެކޭނިކަސް އެވެ. އެކަމަކު މި ކުއްޖާގެ ޖިންސާއި އުފަންވީ އިރެއް އިރެއް ސާފެއް ނުވެ އެވެ.
Tau Techno Mechanicus
Circumference/Diameter
— Elon Musk (@elonmusk) September 10, 2023
ނަމަވެސް ކުއްޖާގެ މަންމަ އަކީ އެންމެ ފަހުން އީލޮން، 52، އަށް ލިބުނު ދެ ކުދިންގެ މަންމަ ކެނެޑާގެ މިއުޒިޝަން ގްރައިމްސް، 35، އެވެ. މި ދެ މީހުންނަށް އެންމެ ފުރަތަމަ ދަރިއަކު ލިބުނީ 2020 ގަ އެވެ. އެ ކުއްޖާ އުފަންވި ފަހުން އީލޮން އާއި ގްރައިމްސް ރުޅި ވެސް ވި އެވެ. އެކަމަކު ފަހުން އަލުން އެއްގަލަކަށް އަރައި ދެވަނަ ކުއްޖަކު ލިބުނީ 2021 ގަ އެވެ. އެކަމަކު އެއީ ސަރޮގޭޓްކޮށްގެން ލިބުނު ކުއްޖެކެވެ.
ތިން ވަނަ ދަރިފުޅާ އެއްގޮތަށް ގްރައިމްސް އަށް ލިބުނު އީލޮންގެ ދެ ކުދިންނަށް ވެސް ކިޔަނީ ހަމަ ވަރަށް އާދަޔާހިލާފު ނަންތަކެވެ. އެގޮތުން ގްރައިމްސް އަށް ލިިބުނު ފުރަތަމަ ދަރިފުޅަށް ކިޔަނީ X Æ A-12 އެވެ. ދެވަނަ ދަރިފުޅަށް ކިޔަނީ އެޒާ ޑާކް ސައިޑްރެލް މަސްކް އެވެ.
•X, the unknown variable ⚔️
•Æ, my elven spelling of Ai (love &/or Artificial intelligence)
•A-12 = precursor to SR-17 (our favorite aircraft). No weapons, no defenses, just speed. Great in battle, but non-violent 🤍
+
(A=Archangel, my favorite song)
(⚔️🐁 metal rat)— Grimes (@Grimezsz) May 6, 2020
އެންމެ ފަހުން ލިބުނު ކުއްޖާއާ އެކީ އީލޮން އަށް ލިބުނު ދަރިންގެ އަދަދު މިހާރު ވަނީ 10 އަށް އަރައިފަ އެވެ.
އޭގެ ތެރެއިން 2002 ގައި އުފަންވި އެންމެ ދޮށީ ދަރިފުޅު ނެވާޑާ މަސްކް ވަނީ ވިހޭތާ 10 ހަފުތާ ފަހުން މަރުވެފަ އެވެ. އީލޮންގެ އެހެން ކުދިންގެ ތެރޭގައި ދެން ހިމެނެނީ އެއްމާބަނޑު ދެ ކުދިންނާއި އެއްމާބަނޑު ތިން ކުދިންނެވެ. އެއްމާބަނޑު ދެ ކުދިންނަކީ 2004 ގައި އުފަންވި ވިވިއަން ޖެނާ ވިލްސަނާއި ގްރިފިން މަސްކެވެ. އެއްމާބަނޑު ތިން ކުދިންނަކީ 2006 ގައި އުފަންވި ކައި މަސްކް އާއި ސެޒޯން މަސްކްގެ އިތުރުން ޑެމިއަން މަސްކެވެ.
އީލޮން މިހާތަނަށް ތިން ކައިވެންޏެއް ކުރި އެވެ.