Last Updated: November 30, 06:26
Saturday, November 30, 2024
ޚަބަރު

އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެގޮތަށް އެ ޕާޓީ ރޫޅައިލެވިއްޖެ ކަމަށާއި އެކަމާ އެއްވެސް ސުވާލެއް ވެސް ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެއްބުރުން ކާމިޔާބުކުރެއްވިފައި ނުވާތީ އެކަމަށް އިޝާރާތް ކުރައްވައި ނަޝީދަށް ބޮޑުބޭބެ ވިދާޅުވީ އީވާ ވިދާޅުވީ އެމްޑީޕީ ރޫޅައިލެވިއްޖެކަން އިންތިހާބުގެ ނަތީޖާ އިން ރައްޔިތުންނަށް ހާމަވެއްޖެ ކަމަށެވެ.

""ހަގީގަތަށް ދަންނަވަންޏާ މަނިކުފާނު [ނަޝީދު] މި ޕާޓީ އުފެދުމާ އެކު ވިދާޅުވި ރޫޅާލާނަމޭ، ރޫޅާލާނަމޭ. ސުވާލެއް ވެސް ރުޅާލެވިއްޖެ." އީވާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރޫލައިލާނެ ކަމަށް ނަޝީދު ވިދާޅުވި އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރައްވަން ބޭއްވި ޖަލްސާގަ އެވެ.

ނަޝީދު އެމްޑީޕީއާ ފެއަށް ވަޑައިގަތީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމާ ގުޅިގެންނެވެ. އަދި އާ ޕާޓީއެއް އުފައްދަވައި އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނަޝީދު ނެރުއްވި އެވެ. އެއި ޑިމޮރެކްޓެސްގެ ޓިކެޓްގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ހޮނިހިރު ދުވަހިގެ އިންތިހާބު އެއްބުރުން ރައީސް ސޯލިޖަށް ކާމިޔާބު ނުވެ، މިހާރު އޮތީ ދެވަނަ ބުރަކުން ނަތީޖާ ނެރެން ޖެހިފަ އެވެ. އެހެންވެ އެމްޑީޕީން މިހާރު އޮތީ ޑިމޮކްރެޓްސްއާ ކޯލިޝަން ހަދަން ހުށަހަޅައިފަ އެވެ. އެ މަޝްވަރާތައް ދަނީ ކުރިއަށެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައި އޮތް ނަޝީދާއި އީވާ މަލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ވެސް އަބުރާ ގެންގޮސްފައިވެ އެވެ.

މި މަހުގެ 30 ގައި އިންތިހާބުވެ ދެވަނަ ބުރުގައި ރައީސާ ވާދަކުރައްވަނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓް ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.