މި މަހުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބުހެ ދެވަނަ ބުރާ ދިމާކޮށް އެމްޑީޕީން މީހުންގެ އައިޑީ ކާޑު ގަންނަމުންދާ ކަމަށާް ބުނެ މީޑިއާތަކުން ފެތުރި ވާހަކައެއް އެ ޕާޓީން ދޮގުކޮށްފި އެވެ.
އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާތު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ ޚަބަރު ގެނެސްދިން ނޫހުގެ ލިންކާ އެކީ ވިދާޅުވެފައި ވަނީ އެއީ ސިލްސިލާކޮށް ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ތެރެއިން ވާހަކެއް ކަމަށެވެ.
Silsilaakoh fathuramundhaa dhogu vaahakathakuge therein dhogu vaahaka eh! https://t.co/nWlIrB9Sh1
— Anas Abdul Sattar (@anasabdulsattar) September 12, 2023
އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓް ދޭނެ ކަމަށް ބެލެވޭ މީސްމީހުންގެ އައިޑީ ކާޑު އެމްޑީޕީން ގަންނަމުން ދަނީ 20،000ރ. ދީފައި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އެ ޚަބަރުގައި ބުނެފައި ވަނީ އައިޑީ ކާޑު ވިއްކާ މީހުންގެ ލިސްޓު ނެގުމަށް ފަހު، އެ ލިސްޓުގައި ހިމެނޭ މީހުން ނިސްބަތްވާ ދާއިރާތައް ކަށަވަރުކޮށް އެ މީހުންނަށް އެ ދާއިރާތަކުގެ ރައީސުން ނުވަތަ މަޖިލިސް މެންބަރުން މެދުވެރިކޮށް އަންނަނީ ގުޅުވަމުން ކަމަށެވެ.
އަދި އައިޑީ ކާޑު ވިއްކާކަން ކަށަވަރުކުރުމަށް ފަހު، އައިޑީ ކާޑާއި ޕާސްޕޯޓު ނަގައި ފައިސާ ދިނުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އެމްޑީޕީގެ ދާއިރާތަކުގެ ރައީސުން އެހީގައި ކަމަށް ވެސް ބުނެފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ. އެ ބުރުގައި ވާދަކުރައްވަނީ މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.