Last Updated: November 30, 06:26
Saturday, November 30, 2024
ޚަބަރު

ސަރުކާރު ބަދަލުވެއްޖެ މިންތީގެ ހަމަހަމަކަން ދާނީ ފަހަތަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަކުވެއްޖެ ނަމަ، މިންތީގެ ހަމަހަމަކަމުގައި ރާއްޖެ ހޯދި ކުރިއެރުންތައް ދާނީ ފަހަތަށް ކަމަށް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޭފުޅުންގެ ތެރެއިން މި ސަރުކާރާ އެކީ ހުންނެވި ހަމައެކަނި ދަރިކަނބަލުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރު ބަދަލުވެ، ސިޔާސަތުތައް ބަދަލުވެއްޖެ ނަމަ، މިންތީގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުމުގެ ރޮނގުން ރާއްޖެ ހޯދި ކުރިއެރުންތައް ދާނީ ފަހަތަށް ކަމަށެވެ.

"[އެހެންވެއްޖެ ނަމަ މި ސަރުކާރުން އެ ރޮނގުން] ހޯދާފައިވާ ކުރިއެރުން ފަހަތަށް ސޮއްސާލަފާނެ. އެހެންވިޔަ ނުދެއްވާ." ޔުމްނާ ވިދާޅުވި އެވެ.

މި ސަރުކާރަކީ ދެ ޖިންސްގެ ހަމަހަމަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި، އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދޭން މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ސަރުކާރެކެވެ.

މިދިިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އެއްބުރުން ރައީސަށް ކާމިޔާބު ނުކުރެވި، މިހާރު އޮތީ ދެވަނަ ބުރަކަށް ދާން ޖެހިފަ އެވެ. އެގޮތުން މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރުގައި ރައީސާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒަކީ 8 ކެންޑިޑޭޓުން ވާދަކުރެއްވި ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ލިބިވަޑައިތް ކެންޑިޑޭޓެވެ.