Last Updated: November 15, 13:42
Friday, November 15, 2024

(ޖެނުއަރީ 3 ވަނަ ދުވަހުގެ އަދަދާ ގުޅޭ)

"ކޮބާ، ހީވޭ ކަމެއްހެން! އަހަރެން ބުނީމެއްނު ޒާ……” ދޮރުހުޅުވާލިއިރު ކުރިމަތީގައި އިން ޒީޝާން ފެނިފައި މާޒިން ހުއްޓުންއެރިއެވެ. “އޮ.. އަމް.. ސޮރީ.. އަހަރެން ހީކުރީ ޒާޔާކަމަށް” މާޒިން ބޯކަހާލިއެވެ. “މް.. އިޓްސް އޯކޭ.. ދޮންތަ ރެޑީވަނީ. އެތެރެއަށް އަންނަންވީނު” ޒީޝާން ހިނިތުންވެލަމުން ބުނެލިއެވެ.
"ޕްލޭން ފްލޮޕްޑް!" އިސްތަށިގަނޑު ރަނގަޅުކޮށްލަމުން އައި ޒާޔާ ބުނެލިއެވެ. "ހޫނ.. ޒާޔާގެ ގަޑިން އަދިކިރިޔާދޯ ހަތެއްޖެހީ. އަހަރެން މިތާ ހުންނަތާ ކޮންއިރެއް! ދެން ކިހިނެކޭވީ ޕްލޭން ފްލޮޕްވީ؟" ދޮރުމަތީގައި އިން މާޒިން ޒާޔާއާއި ދިމާކޮށްލަމުން ބުނެލިއެވެ. "މައި ދެންމެ ގުޅާފަ ބުނީ އޭނަގެ ކޮންމެވެސް ފަހަރިއެއް ވިހައިގެން ހޮސްޕިޓަލަށްދާންޖެހިއްޖެޔޯ. ސޯ ޕޮއިންޓަކީ ވީ ކާންޓްގޯ ދެއާ! އާދޭ އެތެރެއަށް." އެތެރެއަށް ވަންނަން ދަޢުވަތުދެމުން ކުރީގަ އިނދެގެން ޒާޔާ ސިޓިންގ ރޫމާ ދިމާއަށް ހިނގައިގަތެވެ. ދޮރުމަތީގައި ބީރައްޓެެހިވެފައިން ޒީޝާންއަށް ބަލާލުމަށްފަހު މާޒިން ގޭތެރެއަށް ވަނެވެ. ދޮރުލައްޕާލުމަށްފަހު ޒީޝާންވެސް ކޮޓަރިއަށްދާން ފަހަތުން ހިނގައިގަތެވެ.
"ޒީ… އާދެބަލަ! އަދި ތިދެމީހުން އިންޓްރޮޑިއުސްވެސް ކޮށްނުދެވެއެންނު." ޒީޝާން ކޮޓަރިއާ ދިމާއަށް ހިނގައިގަތުމުން ޒާޔާ ގޮވާލިއެވެ. "މާޒިން.. މީ ޒީ.. އައި އޯލްރެޑީ ޓޯލްޑް ޔޫ އެބައުޓް ހާ.. އެންޑް ޒީ.. މީ ތިނުފެނިގެން އުޅޭ މާޒިންއަކީ." ޒާޔާ ދެމީހުން ތަޢާރަފުކޮށްދިނެވެ. "ނައިސް ޓު މީޓް ޔޫ ޒީ… ޒާޔާ ވަރަށް ގިނައިން ޒީގެ ވާހަކަދައްކާނެ." ސޯފާއިން ތެދުވެ ސަލާމްކޮށްލަން އަތް ދިއްކޮށްލަމުން މާޒިން ބުނެލިއެވެ. "މްމް.. ޔާ،ޔޫޓޫ" ލުއި ހިނިތުންވުމަކާއެކު މާޒިންއާއި ސަލާމްކޮށްލަމުން ޒީޝާން މާޒިންގެ މޫނަށް ބަލާލިއެވެ. އެވަގުތު ޒީޝާންގެ ދެލޮލަށް ބަލަހައްޓައިގެން އިން މާޒިންގެ ގައިން ހީބިހިނަގައިގަތެވެ. އެރީތި ދެލޮލާއި ހަތަރުކަޅި ހަމަވުމުން ތެޅިގަނެވުނެވެ. އެއްވެސް އިޚްތިޔާރެއްނެތި ޒީޝާންގެ އަތަށް ބާރާށް ފިތާލެވުނެވެ.
"ހެލޯ.. ފިލްމެއްގެ މަންޒަރެއްތަމީ.. ބަތަލާއާއި ބަތަލް ދިމާވީމަ ވާހެން ގެއްލިފަ ތިތިބެނީ، އަހަރެންވެސް އެބަހުރީމޭ." ހުއްޓުންއަރާފައި އިން މާޒިންގެ ގައިގައި ކޮށްޓާލަމުން ޒާޔާ ދިމާކޮށްލިއެވެ. "މްމް.. އަހަރެން މިދަނީ ކޮޓަރިއަށް އިނގޭ ދޮންތާ" އަތްދަމައިގަންނަމުން ޒީޝާން ކޮޓަރިއަށްދާން ހިނގައިގެތެވެ."ޒީ ލަދުން އެދިޔައީ." ސޯފާގަ ހަމަޖެހިލަމުން ޒާޔާ ބުނެލިއެވެ. "އޭތް.. ކިހިނެތްވެފާތަ ތިއިނީ. ތި ޗެޓާބޮކްސް މިރޭ މާ މަޑުން ބަސްހުއްޓިފަ ތިއިނީޔޯ؟ ނިކަން އަންގާލައިގެން އުޅެބަލަ!" ޚިޔާލެއްގެ ތެރެއަށް ގެއްލިފައިން މާޒިންއާއި ޒާޔާ ސުވާލުކޮށްލިއެވެ. "ދެން ޒާޔާއަށް ނޭގި އަހަރެން އެއްވެސް ކަމެއްނުކުރާނެ އެންނު. އެއްވެސް ކަމެއްނުވޭ. ހަމަހުރެވުނީ. އަހަރެން ވާހަކައެއް އަހާލަންތަ؟ ޒީއަކީ ކޮންކަހަލަ ކުއްޖެއް؟ އައިމީން ޓެލްމީ މޯ އެބައުޓް ހާ." ކެތްމަދުވެފައި އިން މާޒިން އަހާލިއެވެ. "ހޭ! ތީދޯ ތިވެގެން އުޅޭ ގޮތަކީ! އޯ ޕްލީޒް، ލީވް ހާ އެޓްލީސްޓް.. އެއީ އަހަރެންގެ ހުރިހާވެސް ކަމަކީ!" ޒާޔާ މާޒިންއަށް ޖެއްސުންކޮށްލިއެވެ.
"ނޯ.. އައި އޭމް ސީރިއަސްއޭ… ޓެލްމީ މޯ އެބައުޓް ހާ." މާޒިން ސީރިއަސްވެފައި އެހިއެވެ. "ސީރިއަސްލީ ކިހިނެއް ވެފަތަ ތިއިނީ! އައިމީން އަހަންނަށް މާޒިން އެނގޭތާ އިޓްސް އޮލްމޮސްޓް ތްރީ ޔިއާރސް. އައިހޭވް ނެވާ ސީންޔޫ ލައިކް ދެޓް." ސަމާސާ ކަނޑާލާފައި ޒާޔާ ބުނެލިއެވެ. "މްމް.. އަހަންނަކަށްވެސް ނޭގެ." މާޒިން ސޯފާގައި ހަމަޖެހިލިއެވެ. "ހްމް.. ޒީ ދޯ.. ޝީސް އަ ބޯލް އޮފް ފަން އަނެއްހެން ބުނަންޔާ. އެކަމް އަހަރެންހާ އަނގަގަދައެއްނުވާނެ. އަސްލު ބައްޕައާއި މަންމަގެ ޑިވޯސް އެފެކްޓެޑް ހާ އަލޮޓް. އަދިވެސް މުޅިން އޯކޭއެއްނޫން. އެހެންވެ ކުރީގަ ސަމާސާކުރާގޮތަކަށް ސަމާސައެއްވެސް ނުކުރާނެ މިހާރު. ދެން.. އޭނައަކީ ދަ ގުޑް ގާލް ޓައިޕް. ވަރަށް ސެންސިޓިވް ވާނެ، ވަރަށް ޅަވާނެ. އެވަރުން ފުދޭ؟" ޒާޔާގެ ވާހަކައަށް ސަމާލުވެގެން އިން މާޒިންއާއި ޒަޔާ ދިމާކޮށްލިއެވެ. "ހްމް އޯކޭ. ސޯ.. ރިލޭޝަންޝިޕެއްގަދޯ އުޅެނީ.. އައިމީން އެހާ ރީތި ކުއްޖަކު ސިންގަލްއެއްނުވާނެ ދޯ އޮބްވިއަސްލީ!" ވަރަށް ނޫން ގޮތަކަށް މާޒިން އަހާލިއެވެ. "އޯ.. ސޯ ތިއީދޯ ނޭނގިގެން ތިއުޅޭ ކަމަކީ! ތިކަހަލަ ކަންކަމުގަ އޭނަ ވަރަށް ތަފާތުވާނެ… މިބުނީ ރިލޭޝަންޝިޕްސް އޭނަ ނަގާނީ ވަރަށް ސީރިއަސްކޮށް، އަންލައިކް މީ… ކޮންމެ ކޮންމެ މީހެއްގެ މަޅީގައެއްނުޖެހޭނެ. ސޯ ޝީ އިޒްް ސިންގަލް. އެންޑް މާޒިން އެކަމާ އުޅެން ވިސްނަންޔާ ލެޓްމީ ޓެލްޔޫ އިޓް ވިލް ބީ ހާޑް." އެންމެގާތް އެކުވެރިޔާއަށް ވެފަހުރިވަރު ފެނުމުން ޒާޔާވެސް ސަމާސާކަނޑާލާފައި ވާހަކަދެއްކިއެވެ. ޒީޝާން ހުސްކަން އެނގުމުން މާޒިންއަށް ލިބުނު ހިތްހަމަޖެހުމާއެކު ފުންނޭވާއެއްލިއެވެ. "އައި ޑޯންޓ ނޯ ޒާޔާ.. ދިސް ނެވާ ހެޕަންޑް ޓު މީ. އޭނަ ފުރަތަމަ ފެނުނު އިރުވެސް އަހަންނަށް ފާޑެއްގެ ގޮތެއްވި. ކިތަންމެ ހާޑްވިޔަސް ޒާޔާ ތިއިނީއެންނު އަހަންނަށް ހެލްޕްވާން." ލުއި ހިނިތުންވުމަކާއެކު މާޒިން ބުނެލިއެވެ.

ޒާޔާ ކޮޓަރިއަށް ދިޔައިރު ޒީޝާން ފޯނުން ލަވަޖަހައިގެން އެނދުމަތީގައި އޮތެވެ. "މަންމަ ނިދީތަ؟" ޒީޝާން އަހާލިއެވެ. "އާނ.. ނިދައިފި ކަންނޭގެ.. އިރުކޮޅެއްވެއްޖެ ކޮޓަރިއަށްވަންތާ." ޒާޔާ ނިދާހެދުން ހިފައިގެން ފާހާނައަށް ވަންނަމުން ބުނެލިއެވެ. ޒީޝާންވެސް ލަވަ ނިއްވާލުމަށްފަހު އެނދުމަތީގައި ހަމަޖެހިލިއެވެ. "އޭތް ނިދީތަ؟" ފާހާނައިން ނިކުމެގެން އައި ޒާޔާވެސް އެނދުގައި ހަމަޖެހިލިއެވެ. "އުނހޫ ނަށަނީ މީ" ލޯމަރައިގެން އޮވެ ޒީޝާން ބުނެލިއެވެ. "ވެރީ ފަނީ. ބައި ދަ ވޭ މާޒިން ސަލާމްބުނި" ޒާޔާ މަޑުމަޑުން ބުނެލިއެވެ. "ކީއްވެ އެއްޗެކޭ ނުބުނީ؟" ޒީޝާންގެ ހަބަރެއް ނުވުމުން ޒާޔާ އަހާލިއެވެ. "ދެންކީކޭ އަހަރެން ކިޔަންވީ… އޭނަ ހާދަވަރަކަށް ބަލައޭ! އޭނަ ކައިރި ބުނާތި އަހަންނަށް މާ ގަދައަށް ނުބަލާށޭ." ކަންނެތް ގޮތަކަށް މޯޅިއަކަށް ދެމިލަމުން ޒާޔާބުނެލިއެވެ. "ރީތި އެއްޗިއްސަށް ބެލުމަކީ އިންސާނީ ތޮބީއަތުގަ ވާކަމެއް.. ކީއްކުރާނީ!" ޒާޔާ މާޒިންގެ ދިފާއުގައި ވާހަކަދެއްކިއެވެ. "އޯ ޕްލީޒް! އޯކޭ ގުޑް ނައިޓޯ" ޒީޝާން މޫނުމަތީގައި ބާލީސް އެޅި އެވެ.

(ނުނިމޭ)