ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ 3 ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު 9 ފަރާތެއް ގުރުއަތުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމު:
• 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 750 ރުފިޔާގެ ގިފްޓް ކާޑެއް
• 501 – 1000 ޑޮލަރާއި ދެމެދުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް
• 1000 ޑޮލަރުން މަތީ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 3500 ރުފިޔާގެ ގިފްޓް ކާޑެއް
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ޑިސެމްބަރު 18 ގެ ނިޔަލަށެވެ.