Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

"ބިންވެރިޔާ" ގެ ދަށުން ހުޅުމާލޭގައި 10 ބުރިއަށް ނެގޭނެ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތެއް / ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި 10 ފަންގިފިލާއަށް އިމާރާތް ކުރެވޭނެ ކަމަށް ކަމަށް ހުޅުމާލެ ބަލަހައްޓާ އާބަންކޯއިން ހާމަކޮށްފިއެވެ.

އާބަންކޯއިން އިން މިކަން ހާމަކޮށްފައިވަނީ، ބިންވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރުމާއި ބެހޭ އުސޫލުގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ 6 ފަންގިފިލާއާއި ހަމައަށް ބަޔާން ކޮށްފައި އޮތުމުންނެވެ. އެ އުސޫލުގައި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބޭ ފަރާތްތަކަށް އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާނެ ގޮތާއި އިމާރާތުގައި ހުންނަން ޖެހޭ މިންގަނޑުތައް ވަނީ ބަޔާންކޮށްފައެވެ.

މި އުސޫލު އާންމުކޮށްފައިވަނީ، ހުޅުމާލެއިން ބިން ލިބުނު ގިނަ ފަރާތްތަކުން މަސައްކަތް ފެށުމަށް އެދެމުންދާތީ އެކަން ވީހާވެސް އަވަހަކަށް ފެށޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުންނެވެ. އެގޮތުން އާބަންކޯ މެދުވެރިކޮށް އިމާރާތް ކުރުމުގެ ހުއްދަތައް ހޯދަން ޖެހޭއިރު، މި ސްކީމުގެ ދަށުން އިމާރާތް ކުރުމުގެ ވަކި އުސޫލެއް އޭރު އާންމު ކުރެވިފައި ނުވެއެވެ.


ނަމަވެސް މި އުސޫލާއި ގުޅުގައި އާބަންކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދާދި ފަހުން ހުޅުމާލޭގައި 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތް ހަދަން އާބަންކޯއިން ނިންމާފައިވާ ކަމަށެވެ. އަދި މި އުސޫލުގައި މިހާރު 6 ފަނގިފިލާ ކަމަށް ބަޔާން ކޮށްފައިވަނީ، މިހާރު އޮތް އުސޫލުގެ ދަށުން ކަމަށް އާބަންކޯއިން ބުނެއެވެ. ނަމަވެސް މިހާރު 10 ފަންގިފިލާއަށް ބަދަލު ކުރުމަށް، ޤަވާއިދު އެކުލަވާލެވިފައިވާ ކަމަށާއި، ކަމާއި ބެހޭ އިދާރާތަކުން ފާސްކޮށް ގެޒެޓް ކުރުމުން އެ ގޮތަށް އިމާރާތް ކުރެވޭނެ ކަމަށެވެ.

އާބަންކޯއިން ވަނީ މިއާއެކު އެއްވެސް އުސޫލެއް ނެތުމުން އިމާރަތް ކުރަން ނުފެށިވާ ފަރާތްތަކައް ބޮޑު ލުޔެއް ލިބިގެންދާނެ ކަން ފާހަގަކޮށްފައެވެ.