ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ އިފުރު އައިލޭންޑް މޯލްޑިވްސް ރިސޯޓް އަންނަ ހޮނިހިރު ދުވަހު ހުޅުވަން ނިންމައިފި އެވެ.
މި ރިސޯޓަކީ 147 ވިލާގެ ތަނެކެވެ. އެންމެ ޒަމާނީ ފެންވަރަށް ހިތްގައިމު، ފެހި މާހައުލެއް އެކުލެވޭ ތަރައްގީކޮށްފައިވާ ރިސޯޓް ހޮނިހިރު ދުވަހު ހުޅުވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
އިފުރު އައިލޭންޑް މޯލްޑިވްސްގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓާއި ހަތަރު ބާ އާއި ޓޫރިސްޓުންނަށް ހާއްސަ އެތައް ފެސިލިޓީއެއް ހުންނާނެ އެވެ. އޭގެ ތެރޭގައި ޓޫރިސްޓުންނަށް ތަފާތު އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއި 24 ގަޑިއިރު ހިދުމަތް ލިބޭނެ ފިޓްނެސް ސެންޓަރެއް ވެސް ހިމެނެ އެވެ.