އިންޑިއާގެ ޓީވީ ތަރި ޑިޝާ ޕަރްމަރް އާއި ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
ޑިޝާ ވިހެއީ އިއްޔެ އެވެ. އެ ވާހަކަ ރާހުލް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ ލިބުނީ އަންހެން ކުއްޖެއް ކަމަށާއި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. ޑިޝާ ބަލިވެއިން ވާހަކަ ދެމަފިރިން ފޭނުންނާ ހިއްސާކުރީ މި އަހަރުގެ މެއި މަހުގެ 18 ގަ އެވެ.
ޑިޝާ އެންމެ ފަހުން ފެނިފައި ވަނީ ސޮނީ ޓީވީގެ "ބަޅޭ އައްޗޭ ލަގުތޭ ހޭ" ސީޒަން ތިނެކުންނެވެ. އޭނަގެ ފިރިމީހާ ރާހުލް އަކީ "އިންޑިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަނުން ވިދި ފަންނާނެކެވެ.
ރާހުލް، 35، އާއި ޑިޝާ، 29، ކައިވެނިކުރީ 2021 ގަ އެވެ.