އައްޑޫ ހުޅުދޫގައި ބާއްވާ ޒުމްބާ ކްލާސްތަކެއްގައި ބައިވެރިވާން ހުޅުވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ހުޅުދޫ އިޖުތިމާއީ މަރުކަޒުން އިންތިޒާމުކޮޮށްގެން ބާއްވާ ޒުމްބާ އާއި ސްޓްރޯން ނޭޝާން ކްލާސްތައް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 އިން ފެށިގެން ކަމަށެވެ. އެހެންވެ މި ކްލާސްތަކުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ވަނީ ހުޅުވާލައިފި އެވެ.
މި ލިންކް https://docs.google.com/forms/d/e/1FAIpQLSd_5XENcBXa3RrMPOdbfl-fmoh_dMP7DvjyCNqD5yQ9He2TuQ/viewform މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.
ކައުންސިލުން ބުނީ ހުޅުދޫ އިޖުތީމާއި މަރުކަޒުގައި ޒުމްބާ އާއި ސްޓްރޯންގް ނޭޝާން ކްލާސްތަކެއް ބާއްވަން ނިންމީ އެތަނުގެ ހިދުމަތްތައް އިތުރުކުރަން މަސައްކަތުގެ ތެރެއިން ކަމަށެވެ، އަދި މިއީ އަންހެނުންނަށް ހާއްސަ ކްލާސްތަކެކެކެވެ.