އިދިކޮޅު ފަރާތްތަކުން އިންޑިއާއާ ބެހޭ ގޮތުން ފަތުރަމުންދާ ވާހަކަތަކުގެ ހަގީގަތެއްވާ ނަމަ އެކަންކަން ސާބިތުކޮށްދޭ އާންމު ބަހުސަކަށް ދާން ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ގޮވާލައްވައިފި އެވެ.
އައްޑޫގައި ރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާއެއްގައި ދިޔާނާ ވިދާޅުވީ ރާއްޖެ ވިއްކާލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ބޮލުގައި ސާބިތު ނުހިފޭ ތުހުމަތުތައް އަޅުވަމުންދާތާ މިހާރު އެތަކެއް ދުވަހެއްވެއްޖެ ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ހިންގުމާއި އުތުރު ތިލަފަޅު މަޝްރޫއާ ގުޅޭ ގޮތުން ވެސް އެތައް ތުހުމަތެއް އަޅުވަމުންދާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.
އިންޑިއާ އައުޓް ، އިންޑިއާ ސިފައިން ، އުތުރު ތިލަފަޅާ ގުޅޭގޮތުން ޕަބްލިކް ޑިބޭޓަކަށް ދިއުމަށް އިދިކޮޅު ފަރާތްތަކަށް އުސްތާޛު @dhiyanasaid ގޮވާލައިފިއެވެ.
ކެރޭނެތޯ ޑިބޭޓަކާ ކުރިމަތިލާން@Banafsaa @azimashukoor @MMuizzu #IbuAslam2023#UfaaveriAmaanRaajje pic.twitter.com/wmGKh6srj7
— #HassanSaiid (@Hassansaiid1) September 22, 2023
އަދި މި ވާހަކަ ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރުގެ އިތުރުން ވެސް އެތައް ބަޔަކު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އެމްޑީޕީ ބޮލުގައި މި ތުހުމަތުތައް އަޅުވާ މީހުންނަށް މޮ ގޮވާލަނީ ޕަބްލިކް ޑިބޭޓަކަށް އަޅުގަނޑުމެންނާ އެކީ ނުކުންނަން،' ދިޔާނާ ވިދާޅުވި އެވެ. "އޭރުން ގައުމިއްޔަތު ވިއްކައިގެން އުޅެނީ ކޮން ބައެއްކަން އަޅުގަނޑުމެން އެ މީހުންނަށް ބުނެދޭނަން."
އިމްޑިއާއާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް މީޑީއާތކުން ސާބިތު ނުހުދޭ ދޮގު ވާހަކަތައް ފަތުރަމުންދާތީ އެފަދަ މައްސަލަތައް ބަލައި ދޭން އިންޑިއާ ހައި ކޮމިޝަން ގޮވާލާފައިވެ އެވެ.