ނައިބު ރައީސް ފައިސަލް ނަސީމުގެ އާއިލާ އިން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައި، އެ މަނިކުފާނަށް ކެމްޕޭން ވެސް ކޮށް ދޭން ފަށައިފި އެވެ.
ފައިސަލްގެ އާއިލީ ބޭފުޅުންގެ ތެރެއިން ކޮއްކޮ ނަޒުރާ ނަސީމަކީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުންނެވެ، އެމްޑީޕީން އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ދޮރުންދޮރަށް ކެމްޕޭންގައި ފައިސަލްގެ އާއިލީ ބޭފުޅުން އަމިއްލަ ރަށުގައި ކެމްޕޭންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ނަޒުރާ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
މުޅި ރާއްޖޭގައި މިއަދު ކުރިއަށް ދިޔަ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ފުވައްމުލައް
ސިޓީ ފުނާޑު އަވަށު ދޮރުންދޮރަށް ހިނގުން.#ibuaslam23
3✅💛 pic.twitter.com/lILiAkGq7t— Nazu Naseem (@Nazunaseem) September 23, 2023
އޭގެ އިތުރިން ފައިސަލްގެ ކޮއްކޮއެެއް ކަމަށްވާ ހައިދަރު ނަސީމުގެ ސޯޝަލް މީޑީއާ ޕޯސްޓެއްގައި މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ބޮޑު ތަފާތަކުން އިންތިހާބު ކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.
Sept 30 vana dhuvahu ngaa vote in bodu thafaathun Raees #Ibu kaamiyaabu kurahvaane. Insha Allah. Enmen gulhigen hihvaraai eku masaikai kuranvee ikhlaastheri kamaaeku. Alhugandumen enmenge masaikathuga Allah barakai lahvaashi. Aameen. pic.twitter.com/cYGsvGzAPe
— Hyder Naseem (@Hydeynaseem) September 22, 2023
ފައިސަލަކީ އިންތިހާބުގައި ވާދަކުރެއްވި ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވިޔަސް، 2018 ގައި ނައިބު ރައީސް ކަމަށް ވަޑައިގަތް ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއްގައި ނޫޅުއްވަ އެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެސް ރައީސްގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ތައުރީފުކުރައްވައި އަދި މިހާރު ވެސް އެ ވާހަކަތައް ދައްކަވާ އެއް ބޭފުޅަކީ ފައިސަލެވެ.
ދެވަނަ ބުރުގައި ރައީސް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.