Last Updated: February 22, 22:16
Saturday, February 22, 2025
ޚަބަރު

މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

ފޮޓޯ: އައްޑޫލައިވް

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން ހަވީރު 04:00 އާހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ށ. ކޮމަންޑޫއަށެވެ. އެރަށަށް 90.3 މިލިލީޓަރުގެ ވާރޭވެހުނުކަމަށް ރިކޯޑް ކޮށްފައިވާއިރު ދެން އެންމެ ގިނައިން ވާރޭ ވެހުނު ރ. އަލިފުއްޓަށް ވެހިފައިވަނީ 71.2 މިލިލީޓަރުގެ ވާރޭއެވެ.