ދުނިޔޭގެ 122 ޤައުމެއްގެ ރައްޔިތުން އެންމެ ދާން ބޭނުންވަނީ ދިވެހި ރާއްޖޭއަށް ކަމަށް ކުއޯނީ ކިޔާ ޓްރެވެލް ފާމަކުން ޝާއިއު ކުރި ޓްރެވެލް ބަކެޓް ލިސްޓުން ދައްކައިފިއެވެ.
މި ލިސްޓުގެ ޝާއިއު ކުރީ ވޭތުވެ ދިޔަ 12 މަސް ދުވަހު، ދުނިޔޭގެ 219 ޤައުމެއްގެ ގޫގަލް ސާޗް ޑޭޓާއިން މައުލޫމާތު އެއްކޮށްގެންނެވެ. އެގޮތުން ކުއޯނީއިން ބަލާފައިވަނީ ޤައުމުތަކުގެ ރައްޔިތުން ހޯދާ ބަލާ ޓްރެވެލް ބަކެޓް ލިސްޓުތަކެވެ. އެމީހުން މި ހޯދުންތަކުގައި 119 ބަކެޓް ލިސްޓް އެކްސްޕީރިއަންސް ވަނީ ހިމަނާފާއެވެ.
މި ދިރާސާގެ ނަތީޖާއިން ދައްކާގޮތުން 122 ޤައުމެއްގެ ރައްޔިތުން އެންމެ ދާން ބޭނުންވާ މަންޒިލަކީ ރާއްޖެއެވެ. ދެވަނައަށް އެންމެ ކައިރިކުރަނީ ބޯރަ ބޯރާ ދާން ބޭނުންވާ މީހުންނެވެ. އެއީ 19 ޤައުމެއްގެ ރައްޔިތުންނެވެ. އަދި ލިސްޓުގައި 3 ވަނަގައި މޮނަ ލީސާ ކުރެހުން ބަލަން 16 ޤައުމެއްގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި ލިސްޓުގެ އިތުރުން ކުއޯނީގެ މި ދިރާސާއިން އެއްކުރެވުނު މައުލޫމާތުގައި އެންމެ ގިނަ މީހުން ގޫގަލް ސާޗްވެސް ކޮށްފައިވަނީ ރާއްޖެ ދަތުރު ކުރުމަށެވެ. އެގޮތުން ވިޒިޓް ދަ މޯލްޑިވްސް 45 މިލިއަނަށް ވުރެ ގިނަ ފަހަރު ހޯދާފައިވާ ކަމަށް ދައްކައެވެ. ދެން އެންމެ ގިނަ މީހުން ހޯދާފައިވަނީ ނައިއަގްރާ ފޯލްސް އަށް ދިއުމަށެވެ. އެއީ 24 މިލިއަން ފަހަރެވެ.
Congratulations Maldives.
Yet another achievement for @WTravelAwards World's Leading Destination Winner 2020, 2021 & 2022 #Maldives.
Tourism industry stakeholders and employees have championed it. Highly appreciate the effort of industry stakeholders. https://t.co/gSlZRJCI4m— Abdulla Mausoom (@Mausoom_Maus) September 26, 2023
ދުނިޔޭގެ 122 ޤައުމެއްގެ ރައްޔިތުންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ހޮވިފައިވާއިރު، ފާއިތުވި 3 އަހަރު ރާއްޖެ ވަނީ ދުނިޔޭގެ އެންމެ މަޤްބޫލު މަންިޒލުގެ ލަޤަަބު 3 ފަހަރު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގައިވެސް އެންމެ އަވަހަށް ކޯވިޑަށް ފަހު ބޯޑަރު ހުޅުވާލާ ރައްކާތެރި މާހައުލެއް ފަތުރުވެރިންނަށް ޤާއިމްކޮށް ދީފައިވަނީ ރާއްޖެއިންނެވެ. މިއާއެކު ރާއްޖެ ވަނީ ދުނިޔޭގެ އެންމެ ގިނަ ބައެއް ބަލައިގަނެފައިވާ މަންޒިލަށް ވެފައެވެ.
މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަކީ، ޓުއަރިޒަމް މިނިސްޓްރީގެ އަމާޒެވެ.