Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

މުއިއްޒުގެ ގެ ރެއިޑްކުރާކަށް ނުރާވާ: ޕޮލިސް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ގެއަށް ފުލުހުން މަސްތުވާތަކެތި ވައްދައި، އެ ގެ ރެއިޑްކުރަން ރާވަން ފަށާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗެނެލްތ 13 އިން ގެނެސްދިން އެ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ގޮތުން ފުލުހުންގެ އަގު ވައްޓައިލަން ގެނެސްދިން ދޮގު ޚަބަރެއް ކަމަށެވެ.

"ދިވެހިން ފުލުހުންގެ ހިދުމަތާ މެދު އާންމު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލޭ ގޮތަށް ޒިންމާދާރު ކަމެއް ނެތި އަދި ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ދިނުން ކުށްވެރި ކުރަން." ފުލުހުން ބުންޏެވެ. "އަދި ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާ ހިލާފު މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރަން."

މިހާރަކަށް އައިސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ތާއީދުކުރާ މީޑިއާތަކާ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފެތުރުން އާންމުވެފައިވާތީ އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީ) އިން ވެސް ދީފައިވެ އެވެ.