Last Updated: February 22, 22:16
Saturday, February 22, 2025
ޚަބަރު

މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

ފޮޓޯ: އައްޑޫލައިވް

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ނިޔަލަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ 11:30 އިން ހަވީރު 5:30 އަށެވެ. އަދި ށ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެންދުރު 01:00 އިން ހަވީރު 05:00 އާ ހަމައަަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ދުވަސްވަރު ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެ ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް އަންނަނީ ދިމާވަމުންނެވެ. އެގޮތުން ސެޕްޓެމްބަރު މަހު ކުރި ވިއްސާރައިގައި 84 ގެޔަކަށް ގެއްލުންލިބިގެން ރިޕޯޓް ކޮށްފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދީފައިވެއެވެ.