ފިރިހެނަކަށް މާ ބޮޑަށް ދީލަތިވެ ހަދިޔާ ދިނުމަށް މަޖުބޫރުވާ އެންމެ ބޮޑު ސަބަބަކީ ކޮބައިތޯ އެވެ؟
ސައިންޓިސްޓުން ބުނަނީ ފިރިހެނެއްގެ ހިތް އެންމެ ބޮޑަށް ދީލަތި ކަމަށް ލަންބުވައި ލެވޭނީ ރީތި އަންހެނުންނަށް ކަމަށެވެ.
އެ މީހަކު ގަޔާވާ ފާޑެއްގެ ރީތި ސިފަތަކެއް ހުރި އަންހެން ކުއްޖަކަށް ނަމަ ކިތަންމެ ދަހި ފިރިހެނަކު ވެސް އަގު ބޮޑު ހަދިޔާތައް ދިނުމަކަށް ފަހެއް ނުޖެހޭނެ އެވެ.
އިނގިރޭސި ވިލާތުގެ ސައިންސްވެރިންގެ ބަޔަކު ހެދި ދިރާސާއެއްގެ މައްޗަށް ބިނާކޮށް ބުނަނީ ފިރިހެނުންގެ ހިތްއެދޭ އަންހެނުންގެ ހިތްހަމަޖައްސައި ދިނުމަށްޓަކައި ވަރަށް ދީލަތިކަމާ އެކު ފައިސާ ހަރަދު ކުރާ ކަމަށެވެ.
ނަމަވެސް އަންހެނުން މިފަދަ ކަންތައް ކުރާ ވަރު ފިރިހެނުންނަށް ވުރެ މަދު ކަމަށް އެ މީހުން ބުނެ އެވެ.
ސައިކޮލޮޖިސްޓުން ބުނަނީ ފައިސާ ހަރަދުކޮށްގެން ނުވަތަ އަގުބޮޑު ހަދިޔާތައް ގަނެދީގެން ފިރިހެނުން އެމީހުން ހިތްއެދޭ ކަހަލަ އަންހެނުންނަށް އެ ސާބިތުކޮށް ދެނީ އެމީހުންނަކީ އަންހެން މީހާ ބޭނުންވާ ހުރިހާ އެއްޗެއް ދެވޭވަރުގެ ގާބިލުކަން ހުރި މީހެއް ކަމެވެ.
އަދި އެ ފިރިހެންމީހާ އަކީ އަންހެންމީހާއާ ކިހާ ގުޅޭ މީހެއްކަން އަންހެންމީހާ އަށް ސާބިތުކޮށް ދިނުމުގެ ގޮތުން ވެސް އަގުބޮޑު އެއްޗެތި ދެ އެވެ.
އެގޮތުން ފިރިހެނުން ގިނައިން އަންހެނުންނަށް ހަރަދު ކުރަނީ އެ މީހުން ބޭނުންވާ ގޮތްގޮތަށް އަންހެން މީހާ އާ ދޭތެރޭ ކަންތައްތައް ކުރުމަށެވެ. އަދި އެ ދެ މީހުންގެ ގުޅުން ތަރައްގީކޮށް ކުރިއަރުވަން ބޭނުންވާތީ އެވެ.
އޭގެ ކުރިން މި ސައިންސްވެރިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އަންހެނުން ވެސް އެންމެ ގިނައިން ގުޅެނީ ދީލަތި ފިރިހެނުންނާ އެވެ.
ކުރު މުއްދަތެއްގެ ގުޅުމެއް ބާއްވަން ބޭނުން ނަމަ އަންހެނުން ގުޅެނީ ތަންކޮޅެއް ރީތި ސިފަތައް ހުންނަ މީހުންނާ އެވެ. ނަމަވެސް ދިގު މުއްދަތަކަށް ގުޅުން ދަމަހައްޓަން ބޭނުން ނަމަ ހޯދަނީ ވީހާ ވެސް ދީލަތި ބައިވެރިއެކެވެ.