ބޯޓު ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ސީފެއަރާސް އައިޑެންޓީޓީ ޑޮކިއުމެންޓް ނުވަތަ އެސްއައިޑީ މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަން ފަށައިފިއެވެ.
ދިވެހި ރާއްޖޭގެ ބޯޓުދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ މި ލިއުން މިއަދުން ފެށިގެން އިމިގްރޭޝަނުން ލިބެން ފަށާނެ ކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަަދު މުހައްމަދު (ހަނަފީ) ވިދާޅުވިއެވެ. ވޯލްޑް މެރިޓައިމް ޑޭ އާއި ދިމާކޮށް ލިއުން ދޫކުރަން ފަށާފައިވާއިރު ލިއުމުގެ ސަބަބުން ދިވެހި ބޯޓުދަތުރު ކުރާ ފަރާތްތަކަށް އަދި ރާއްޖޭގެ ބޯޓުދަތުރު ކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަަކަށް މިހާތަނަށް ކުރިމަތިވަމުން އައި ގޮންޖެހުންތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
<blockquote class="twitter-tweet"><p lang="en" dir="ltr">On this World Maritime Day, we are delighted to announce this momentous development. We are proud to introduce the Seafarers Identity Document, a pivotal milestone for Maldivian seafarers who have encountered significant challenges without this vital credential. This document…</p>— Mohamed (Hanafy) 🇲🇻 (@hanafymv) <a href="https://twitter.com/hanafymv/status/1707109439445279061?ref_src=twsrc%5Etfw">September 27, 2023</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
ރާއްޖޭގެ ބޯޓު ދަތުރު ކުރާ ފަރާތްތަކުގެ އަތުގައި މި ލިއުން ނެތުމުގެ ސަބަބުން ސިނާޢަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަަމަށް ބޯޓުދަތުރު ކުރާފަރާތްތަކުން ބުނެއެވެ. އެގޮތުން ބައިނަލްއަޤްވާމީ ބަނދަރުތަކުން މި ލިއުން އޮތްތޯ ބަލާއިރު، މި ލިއުން ނެތި ބޯޓަށް ބަނދަރު ނުކުރެވުމާއި ނުވަތަ އެމީހުންނަށް ބަނދަރުތަކުގެ ވަސީލަތް ބޭނުން ކުރަން ނުދެވުން ހިމެނެއެވެ. މީގެ އިތުރުން މިފަހުން ވަޒީފާތައް ޑޮކިއުމެންޓް ނެތުމުން އެއްވެސް ގޮތަކަށް ނުލިބޭކަމަށް އެފަރާތްތަކުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.
މިއީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަން ޖެހޭ ލިއުމެކެވެ. އެސްއައިޑީ އަކީ ކަނޑުދަތުރުކުރާ ފަރާތްތަކަށް ދުނިޔޭގެ ބަނދަރުތަކާއި އެއާޕޯޓުތަކަށް ވަނުމަށް ކޮންމެހެން ބޭނުންތެރި އަދި ބައިނަލްއަގްވާމީ ގޮތުން އޮންނަން ޖެހޭ އައޑީ ކާޑެކެވެ. ސީމަން ބުކް އަކީ ކަނޑުދަތުރުކުރާ ފަރާތްތަކުން ޕާސްޕޯޓެއްގެ ގޮތުގައި ބޭނުންކުރާ އަދި އެ ފަރާތްތަކާ ބެހޭ މައުލޫމާތާއި ތަޖުރިބާ އާއި ފެންވަރު ބަޔާންކުރާ ލިއުމެވެ.
ބައިނަލްއަޤްވާމީ މެރިޓައިމް ޖަމީއްޔާގެ މެންބަރަކަށް ރާއްޖެ ވެފައިވަނީ 1967 ވަނަ އަހަރުއެވެ. އަދި އެ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން ތަސްދީގުކުރަން ޖެހޭ މެރިޓައިމް ލޭބާ ކޮންވެންޝަން (އެމްއެލްސީ) ވެސް ތަސްދީގުކޮށްފައިވަނީ 2015 ގައިއެވެ.