ކޮންމެ ފަސް އަހަރަކުން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ ރާއްޖެއަށް ހަމައެކަނި މުހިންމު އިންތިހާބެއް ނޫނެވެ. މި އިންތިހާބަކީ ރާއްޖެއާއި ގުޅުން އޮންނަ ބޭރުގެ އެތަށް ޤައުމަކުން ދުރުގައި ކަންވާ ގޮތް ބަލާ އިންތިހާބެކެވެ. މީގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. މިއީ އިސްތިޢުމާރީ ޒަމާނަކަށް ނުވިއަސް، އިޤްތިޞާދީ އިސްތިޢުމާރު ޤައުމުތަކުގެ މައްޗަށް ހިންގަން ބޭނުންވާ ޤައުމުތައް އެބަތިއްބެވެ. އެއީ އެޤައުމަކަށް އެންމެ ފައިދާ ބޮޑު ގޮތަށްވާތީއެވެ.
އެހެން ކަމުން ބައިނަލްއަޤްވާމީ މީޑީއާތަކުގެ ނަޒަރުވެސް ރާއްޖޭގެ އިންތިހާބަށް މިއޮތީ ހުއްޓިފައެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި އިންތިހާބާއި ގުޅޭގޮތުން މީޑިއާތަކަށް އަރާފައިވާ ސުރުހީތަކަށް ބަލާއިރު، ދިވެހިން އެހާ ގަޔާ ނުވާނެ ވާހަކައެއް މިއޮތީ މީޑީއާތަކުގައި ފާހަގަކޮށްފައެވެ. އެމީހުން ރާއްޖޭގެ އިންތިހާބު ސިފަ ކުރަނީ، ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ މައްޗަށް އަތް ގަދަ ކުރާނީ އިންޑިއާތޯ ޗައިނާތޯ ކުރެވޭ ސުވާލަށް ޖަވާބު ދޭނެ އިންތިހާބެއް ގޮތުގައެވެ.
Maldives heads to polls amid India-China rivalry, fears for democracy:
Geopolitics raises stakes as pro-India incumbent Ibrahim Mohamed Solih seeks re-election in Saturday’s presidential poll. https://t.co/DvPC47AQpa Malediven,Wahlen
— Mila (@Milatrud11) September 9, 2023
Maldives: The presidential poll with India and China on the ballot https://t.co/lGQTQqXmjA
— BBC News (World) (@BBCWorld) September 27, 2023
މީގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ސިޔާސީ ގިނަ ފަރާތްތަކުން ޤަބޫލު ކުރައްވާ ގޮތުގައި ރައީސް މައުމޫންއާއި ހަމައަށް ރާއްޖޭގެ ޙާރިޖީ ސިޔާސަތަކީ ވަކިފަރާތަކަށް ބުރަ ނުވާ ސިޔާސަތެކެވެ. އެއީ އެއްވެސް ޤައުމެއްގެ ދަށު ނުވެ، އެހެންނަމަވެސް ހުރިހާ ޤައުމަކުންވެސް އެހީ ލިބޭ ރަނގަޅު ސިޔާސަތެކެވެ. 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީއާއިއެކު ރައީސް މައުމޫންގެ ވެރިކަން ބަދަލުވެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމް ކުރެވުނެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ވަކި ޤައުމަކަށް ނުފޫޒު ފޯރުވަން ޖާގަ ދީފައި ނުވިނަމަވެސް، އަވަށްޓެރި ގިނަ ޤައުމުތަކާއިއެކު ގާތް ގުޅުމެއް ވަނީ ބާއްވާފައެވެ. އެގޮތުން އިންޑިއާގެ އަސްކަރީއްޔާގެ އެހީގައި ރާއްޖޭގައި ބަލި މީހުން އުފުލުމަށް ހެލިކަޕްޓަރެއް ގެނައެއެވެ. އަދި އެ ދުއްވަން އިންޑިއާ ސިފައިންވެސް ގެނައެެވެ. ހަތިޔާރު އެޅި ސިފައިނެއް ނޫނެެވެ. ހަމައެކަނި ހެލިކަޕްޓަރު ދުއްވާ ބަލަހައްޓަން ގެނައި މީހުންނެވެ. މިއީ ބައެއް މީހުން ސިފަ ކުރާ ގޮތުގައި އިންޑީއާގެ ނުފޫޒު ދަށަށް ރާއްޖެ ދިއުމުގެ ފެށުމަށް ވެއެވެ.
ދެން ފެނިގެން ދިޔައީ ނަޝީދުގެ ވެރިކަން ވެއްޓި ދިޔަ މަންޒަރެވެ. އޭރު ޤާއިމްވި ރަނގަޅު ގުޅުންތަކުގެ ތެރެއިން އިންޑީއާގެ ހިލޭ އެހީގައި ފުލުހުންގެ ތަމްރީނު މަރުކަޒެއް އަޅައިދޭން އެޤައުމުން ނިންމިއެވެ. އެ މަރުކަޒަކީ 2016 ވަނަ އަހަރު އައްޑޫގައި އަޅަން ފެށި ޕޮލިސް އެކަޑަމީއެވެ. ރައީސް ޔާމީން ވެރިކަމުގެ ކުރީކޮޅު އިންޑީއާއި ރާއްޖޭގެ ގުޅުން ވަރަށް ރަނގަޅެވެ.
ނަމަވެސް އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، އިންޑިއާއި އޮތް ގުޅުން ހީނަރުވެސް ޗައިނާއާއި ގުޅުންތައް ބާއްވަން ފެށިއެވެ. އެގޮތުން ޗައިނާއިން ލޯން ނަގައިގެން ބޮޑެތި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްޜޫޢުތައް ފެއްޓެވިއެވެ. ގުޅުން ރަނގަޅު ބްރިޖް މަޝްރޫޢުގެވެސް މިންވަރެއް ޗައިނާ ހިލޭ އެހީގެ ގޮތުގައިވެސް ލިބިގެން ދިޔައެވެ. މި ގުޅުމާއި މެދު އިންޑިއާގެ ހިތްހަމަ ނުޖެހުން އޮތަސް، އިތުރު ހެލިކަޕްޓަރެއް 2016 ވަނަ އަހަރު ޔާމީން ސަރުކާގައި ވަނީ ހޯދާފައެވެ. އަދި ފުރަތަމަ ފަހަރަށް އަސްކަރީ ގޮތުން ދިވެހި ސަފައިންނާއި އިންޑިއާ ސިފައިން ގުޅިގެން މަޤްސަދުތައް ހާސިލް ކުރުމަށް ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭނެއްގައި ސޮއިކުރެވުނެވެ.
On behalf of Maldivian people we humbly request:
1. India to send envoy, backed by its military, to release judges & pol. detainees inc. Prez. Gayoom. We request a physical presence.
2. The US to stop all financial transactions of Maldives regime leaders going through US banks.— Mohamed Nasheed (@MohamedNasheed) February 6, 2018
ޔާމީން ސަރުކާރާއި އިންޑިއާއި އެންމެ ބޮޑަށް ގުޅުން ގޯސްވެގެން ދިޔައީ 2018 ވަނަަ އަހަރު ފެބްރުއަރީ ހިސާބުންނެވެ. އެއީ އޭރު ކުއްލި ހާލަތު އިއުލާންކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައިގައި ރާއްޖެއަށް އިންޑިއާ ސިފައިންގެ ފަރާތުން ބަޔަކު ފޮނުވަން ރައީސް ނަޝީދު ގޮވާލި ހިސާބުންނެވެ. މިއާއެކު ހެލިކަޕްޓަރު އަނބުރާ ނެގުމުގެ ވާހަކަވެސް ދެކެވެން ފެށިއެވެ. އަދި އިންޑީއާ ސިފައިން ރާއްޖޭގެ ތިބުންވެސް ގޯސްވިއެވެ. ސަރުކާރުން ހެލިކަޕްޓަރު އަނބުރާ ފޮނުވާލަން އޭރު ދެއްކި އުޒުރަކީ، ހެލިކަޕްޓަރެއް މިހާރު ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ސާވޭލެންސް ކުރަން ޑޯނިއާއެއް ކަމުގައެވެ. ވެރިކަމުގެ ފަހު ދުވަސްކޮޅު މިކަންތައް ވަރަށް ބޮޑުވެ ދެ ޤައުމުގެ ގުޅުން އިންތިހާއަށް ގޯސްވިއެވެ.
ނަމަވެސް 2018އިގައި ވެރިކަން ބަދަލުވި ހިސާބުން، މި މަންޒަރު ބަދަލުވިއެވެ. މިހާގެ ސަރުކާރުން އޭރު ދައްކަމުން ދިޔަ އެއް ވާހަކައަކީ ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތަކުގެ ވާހަކައެވެ. އަދި ޗައިނާގެ ދަރަނި "އަޅުވެތި ކަމަށް" ރާއްޖެ ދާ ވާހަކައެވެ. އެހައި ހިސާބުން ޗައިނާ އެންބަސީންވެސް މި ތުހުމަތުތަކަށް ޖަވާބު ދޭން ފެށިއެވެ. އެއީ ޗައިނާއާއި ގުޅުން އެންމެ ރަނގަޅު ނޫންކަން ދޭހަވީ ހިސާބެވެ.
MMA data shows the foreign debt is MVR 49.6 billion at the 1st Q of this year,equivalent to $ 3.21 billion. Total loans from China include $872 million concessional loans and $657 million preferential loans up to last Nov. it means $1.529 billion in total when projects complete. pic.twitter.com/h8JXZemEML
— Ambassador Wang Lixin (@China_Amb_Mdv) July 6, 2019
މި ސަރުކާރުންވެސް ޕީޕީއެމް ސަރުކާރުގައި ލޯނުތައް ޗައިނާއިން ނެގި އުސޫލުން އިންޑީއާއިން ލޯނުތައް ނެގިއެވެ. އަދި ބޮޑެތި ބިޔަ މަޝްރޫޢުތައް ވަނީ ފަށާފައެވެ. މަޝްރޫޢުތައް ކުރިއަށް ގެންދަނީ އިންޑީއާ ކުންފުނިތަކުންނެވެ. ޙާރިޖީ ސިޔާސަތެއްގެ ގޮތުން ފުރަތަމަ އިންޑިއާ ސިޔާސަތުވެސް މި ސަރުކާރުން ތަންފީޒު ކުރެއެވެ. އެއީ އަވަށްޓެރި އަދި އެންމެ ގާތުގައި އޮތް ޤައުމު ކަމަށް ވުމުން ކަމަށް ސަރުކާރުން ބުނެއެވެ.
މިއީ މިހާތަނަށް ކަން ހިނގާފައިވާ ގޮތެވެ. މިއަދު ވެރިކަމުގެ ގޮނޑީގައި އިޝީނުމަށް، ތިބީ އިންޑީއާއި ގާތް ގުޅުމެއް އޮންނަ ރައީސް އިބްރާހީމް މުހައްމަދު ސާލިހްއާއި، ޗައިނާއައި ގާތްގުޅުމެއް އޮންނަ ޑރ. މުހައްމަދު މުއިއްޒު ކަމަށް ބޭރުގެ މީޑިއާތަކުން ސިފަކުރަނީ މިހެންވެ ކަމަށް ވެދާނެއެވެ. ނަމަވެސް މި ދެބޭފުޅުންވެސް މިކަމާއި ދެބަސްވެއެވެ. އަދި ވަކި ޤައުމަކާއި ހާއްސަ ގުޅުމެއް ނުބާއްވާނެ ކަމަށާއި ދެކޮޅުވެރިވެސް ނުވާނެ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވެއެވެ.
ސިޔާސީ މަސްރަހުގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރާއްޖެ ހަމަ ޔަޤީނުންވެސް މިއޮތީ އިންޑިއާ ޗައިނާގެ ވާދަ ވެރިކަމުގެ ތެރެއަށް ވަދެފައެވެ. ދެން އޮތީ ރައްޔިތުން ގޮތެއް ނިންމުމެވެ. ރައްޔިތުން ވޯޓު ދެނީ ވަކި ޤައުމަކަށް ނޫނެނެވެ. ރައްޔިތުން ވޯޓު ދެނީ އެ ބައެއްގެ ހާލަތު ރަނގަޅުކޮށްދޭނެ ވެރިއަކަށެވެ. ޤައުމަށް ހެޔޮލަފާ ވެރިއަކަށެވެ. ދެ ބޭފުޅުންގެ ވަޢުދަކީވެސް ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް އަސަރު ކުރާނެ ފަދަ ނުކުރުމެވެ. އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދެއްވުމެވެ. ހަޤީޤަތުގައި އިންޑީއާ ޗައިނާ ގުޅުން ބާއްވަން އެއްވެސް ރައްޔިތެއް ވޯޓެއް ނުދެއެވެ.