އައިފޯން 15 މިހާރު ވަރަށް ގިނަ ބަޔަކު ވަނީ ވަނީ ބޭނުން ކުރަން ފަށައިފަ އެވެ. މި މަހުގެ 12 ގައި ލޯންޗްކުރި ފޯނު ކަސްޓަމަރުންގެ އަތަށް އަރަން ފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މިއާ އެކީ މިހާރު އައިފޯން 15 އާ ބެހޭ ގޮތުން އިވެނީ ބޮޑު ޝަކުވާތަކެއްގެ ވާހަކަ އެވެ. އެއީ ފޯނު މާ ބޮޑަށް ހޫނުވާ މައްސަލަ އެވެ.
ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގެ އެކު ޕްލެޓްފޯމްތަކުގައި މި ވާހަކަ އަންނަނީ ހިއްސާކުރަމުންނެވެ.
Charging stopped again as the iPhone 15 Pro Max was too hot 🥵 This time sitting idle at my desk, charging via USB-C. I managed to record the temperature on video (check thread) 👇 pic.twitter.com/WaWdR4NXhf
— Ale𝕏 Gear & Tech (@AlexGTech1) September 25, 2023
އައިފޯން 15 ގެ މޮޑެލްތައް މާ ބޮޑަށް ހޫނުވާކަމުގެ ޝަކުވާތަކާ ގުޅިގެން ގިނަ މީޑިއާތަކުން ފާހަގަކޮށްފައިވާ ގޮތުގައި މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ، އާ ސީރީޒްގެ އެންމެ ވަރުގަދަ ދެ މޮޑެލްގަ އެވެ. އެއީ އައިފޯން 15 ޕްރޯ އާއި ޕްރޯ މެކްސްގަ އެވެ. އަދި މީގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބުނެފައި ވަނީ ފޯނުގެ ޑިޒައިންގައި ހުރި "ދޯހަޅި" ބައެއް ކަންކަމެވެ.
އައިފޯން 15 ބޭނުންކުރާ ބައެއް މީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވާހަކަތަކަށް ބަލާ އިރު، ފޯނުގެ ބޭނުން ކުރާ ނަމަ ހޫނުވާ މިންވަރު ވަރަށް ބޮޑަށް އިތުރެވެ. އެގޮތުން ކޯލެއް ކުރިޔަސް، ގޭމެއް ކުޅުނަސް ނުވަތަ އެއްވެސް އެޕެއް ބޭނުން ކުރިޔަސް އެ ދަނޑިވަޅެއްގައި އަތަށް "ނުކުޅަދާނަވާ ވަރަށް" ފޯނު ހޫނުވުމުގެ މައްސަލަ ބޮޑެވެ.
މީގެ އިތުރުން ފޯނު ޗާޖްކުރާ ވަގުތުގައި ވެސް ހޫނުވާލެއް ވަރަށް ބޮޑު ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އެގޮތުން ފޯނުގެ ހޫނުމިން 48 ޑިގްރީ އަށް އަރާ ކަމަށް ވެސް ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ.
Jeeez my iPhone 15 Pro Max is almost too hot to touch while fast charging rn…
— Ian Zelbo (@ianzelbo) September 25, 2023
އައިފޯން 15 އާ ގުޅޭ ގޮތުން މިފަދަ ޝަކުވާތަކެއްގެ ވާހަކަތައް މިހާރު ވަރަށް ބޮޑަށް ދެކެވެމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އެޕަލް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެ ކުންފުނިން މި ޝަކުވާތަކަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
This is insane. The iPhone 15 Pro can reach temperatures of up to 48 degrees. Apple fire dragon 😂😂 pic.twitter.com/VJUqPusPf7
— Revegnus (@Tech_Reve) September 19, 2023
އެޕަލް އިން ކުންފުނިން އައިފޯން 15 ލޯންޗްކުރީ މިހާތަނަށް ނެރުނު އެންމެ ފުރިހަމަ އައިފޯން ސީރީޒްގެ ގޮތުގަ އެވެ. އެކަމަކު މި ސީރީޒްގެ ފޯނުތައް ބޭނުން ކުރާ ކަސްޓަމަރުން "ފިހެމުންދާ" ނަމަ، މިއީ އެންމެ ހަމަ ފުރިހަމަ ފޯނެކޭ ބުނެވިދާނެ ހެއްޔެވެ؟
އައިފޯން 15 ގެ ހަތަރު މޮޑެލް ނެރެފައިވެ އެވެ. އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އެވެ. މީގެ އަގުތައް އުޅެނީ 799-1،599 ޑޮލަރާ ދެމެދުގަ އެވެ.