އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތެޓެރައިޒޭޝަން ލެބޯޓަރީ ނުވަތަ ކެތު ލެބް ހޮސްޕިޓަލުގައި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އޭއީއެޗްގެ ކެތު ލެބް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ވަނީ ލެބު ހާދަ ޖާގަ ސާފުކޮށް މެޝިނަރީ އިންސްޓޯލް ކުރުމަށް ތައްޔާރުކޮށްފައެވެ. މިއާއެކު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ކެތު ލެބް އިންސްޓޯލްކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް އޭއީއެޗްއިން ބުނެއެވެ.
އޭއީއެޗް ކެތު ލެބަކީ، ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގައި ވަރަށް މުހިންމު ތަނެކެވެ. އެގޮތުން ކޮރޮނަރީ އެންޖިއޯގްރަފީއާއި އަދި އިންވޭސިވް އަދި ނޮން އިންވޭސިވް ފަރުވާތައް ދެވޭނެއެވެ. މީގެ އިތުރުން ހާޓް އެޓޭކް ޖެހިގެން ގެންދާ މީހުންނަށް ފަރުވާ ދިނުމުގައިވެސް މާލެ ފޮނުވުގެ ބަދަލުގައި ފަސޭހަތަކެއް ލިބިގެން ދާނެއެވެ.
We are excited to announce that cathlab site preparation has been completed and we have started installation of CathLab.
A clear indication that President Ibrahim Mohamed Solih is committed to bring, healthcare closer to people living in the Islands.@presidencymv@MoHmv pic.twitter.com/81cvxIOWfu— Addu Equatorial Hospital (@aeh_mv) September 29, 2023
އޭއީއެޗްގެ ކެތު ލެބް އިންސްޓޯލް ކުރާއިރު، މިތަން ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލީ މިދިޔަ އަހަރުއެވެ. މިއީ އައްޑޫގެ ދެމުން އަން ސިއްޙީ ފަރުވާ ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ހޮސްޕިޓަލުން ފާހަގަކުރެއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބް ތަރައްޤީވެގެން އަންނައިރު ދާދިފަހުން ދާއިމީ ކާޑިއޮލޮޖިސްޓަކާއިއެކު ހިތުގެ ބަލިތަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ވަނީ ފަށާފައެވެ. މި ލެބާއެކު ހިތުގެ ބަލިތަކުގެ ޑިޕާޓްމެންޓަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.