Last Updated: April 23, 13:05
Wednesday, April 23, 2025
ޚަބަރު

އިންތިހާބާ ދިމާކޮށް ކަރަންޓު ކަނޑާ ވާހަކަ ދޮގުކޮށްފި

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ހިޔާ ޓަވަރުތަކުން ކަރަންޓް ކަނޑަން އުޅޭ ވާހަކަ ސްޓެލްކޯއިން ދޮގުކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފެތުރި ފަދަ ބުހުތާނު ދޮގު ވާހަކަތައް ބަޔަކު ފަތުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް އިންތިހާބުގެ ދެވަނަ ބުރާއި ގުޅުވައިގެން ވެސް އެ ވާހަކަތައް ގެންދަނީ ފަތުރަމުން ކަމަށާއި އެއީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ވާހަކަތަކެއް ނޫން ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު މާދަމާ ނެގުމަށް ހަމަޖެހިފައިވާއިރު ތަފާތު އެކި ތުހުމަތުތައް ދެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.