Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

އައްޑޫ ކައުންސިލްގެ މަރުހަބާ މުއިއްޒަށް

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް އައްޑޫ ސިޓީ ކައުންސިލުން މަރުހަބާ ކިޔައިފި އެވެ.

ރޭ އިއުލާންކުރި އިންތިހާބުގެ ވަގުތީ ނަތީޖާ އިން މުއިއްޒަށް އިންތިހާބު ކާމިޔާބުކުރެވުމާ ގުޅިގެން ކައުންސިލުން ނެރުނު ކުރު ބަޔާނެއްގައި ބުނީ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން އެހެން ކައުންސިލަރުންގެ ނަމުގައި މުއިއްޒާއި ލަތީފަށް މަރުހަބާ ކިޔާ ކަމަށެވެ.

އައްޑޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 126,842 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 53.9 ޕަސެންޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 108,500 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 46.1 ޕަސެންޓެވެ.