ރާއްޖޭގެ ރައީސް ކަމަށް އަލަށް އިންތިހާބުބެވަޑައިގަތް ޑރ. މުހައްމަދުގެ ސަރުކާރު ވަނީ "ޕްރޯ-ޗައިނާ" ސަރުކާރެއްގެ ގޮތުގައި ސިފަކުރާތީ އެކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ރައްދު ދެއްވައިފި އެވެ.
"ޕްރޯ-ޗައިނާ ކެންޑިޑޭޓް މުއިއްޒު ވިން ޕްރެޒިޑެންސީ" ގެ ދަށުން ބޭރުގެ މީޑިއާއެއްގައި ގެނެސްދިން ޚަބަރެއް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވުމާ ގުޅިގެން ދުންޔާ ދެއްވި ރައްދުގައި ވަނީ ޗައިނާއާ ރާއްޖެ ގާތް ގުޅުމެއް ބޭއްވުމަކީ މައްސަލައެއްތޯ އައްސަވައިފަ އެވެ.
"އެ ގައުމުގެ އެހީގައި ރާއްޖޭގައި ވަނީ ތަރައްގީގެ ބޮޑެތި އެތައް މަޝްރޫއެއް ވެސް ވަނީ ހިންގާފައި." ސިނަމާލެ ބްރިޖް ފަދަ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އޭނަ ވިދާޅުވި އެވެ.
Is there a problem of being Pro-China? Maldives has completed many major infrastructure projects with Chinese support. I am certain that His Excellency @MMuizzu will be pro-many countries to further the development, pride & well-being of all Maldivians! 🇲🇻 https://t.co/XqLUGxfViE
— Dunya Maumoon (@dunyamaumoon) October 1, 2023
ދުންޔާ ވިދާޅުވީ މުއިއްޒުގެ ސަރުކާރު ވާނީ ވަރަށް ގިނަ ގައުމުތަކާ ގާތް ގުޅުމެއް ބާއްވާ ސަރުކާރަކަށް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެ އަށް ކުރިއެރުމާއި ތަރައްގީ އާއި ހަމަޖެހުން އައިސް ރާއްޖެއާ މެދު ބައިނަލްއަގުމާވީ ދުނިޔެ ވެސް ދެކޭ ގޮތް ތަފާތު ވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާ މާ ގާތް ގުޅުމެއް ބާއްވާތީ މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާތަނަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އެކި ކަހަލަ ތުހުމަތުތައް ކޮށްފައިވެ އެވެ. އެގޮތުން ރާއްޖެ އޮތީ އިންޑިއާގެ އަޅުވެތިކަމެއްގެ ދަށުގައި ކަމަށް އެ ކޯލިޝަނުން ސިފަކުރެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނަކީ "އިންޑިއާ އައުޓް" ގެ ނަމުގައި ރާއްޖޭގައި ބޮޑު ކެމްޕޭނެއް ވެސް ހިމްގަމުން އައި ކޯލިޝަނެކެވެ.
މުއިއްޒު އިންތިހާބުވުމާ ގުޅިގެން އިއްޔެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މަރުހަބާ ވިދާޅުވެ، އާ ސަރުކާރާ އެކީ ވެސް ގެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.