ވިސްޓާރާ އެއާލައިނުން މާލެ އާއި އިންޑިއާގެ ނިއު ދިއްލީ ދެމެދު ދަތުރުތަށް ފަށާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
ވިސްޓާރާގެ މި ރޫޓުގައި ދަތުރުތަށް ފަށާފައިވަނީ މިދިޔަ މި އާދީއްތަ ދުވަހުއެވެ. މި ރޫޓުގެ ވިސްޓާރާގެ އިނޯގްރަލް ފްލައިޓަށް މަރުހަބާ ކިޔާފައިވަނީ ވެލާނާ އެއާޕޯޓުން ވޯޓާ ސެލިއުޓަކާއި އެކުގައެވެ. ވިސްޓާރާއި މީގެ ކުރިން ދަތުރު ކޮށްފައިވަނީ މާލެ – މުމްބާއީ ރޫޓުގައި އެކަނިއެވެ. ނަމަވެސް މި ރޫޓު އިތުރުވެގެން ދިއުމަކީ އެ އެއާލައިނުން ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރަން ކުރަމުންދާ މަސައްކަތަށް ދައްކުވައިދޭ ކަމެއްކަން އެމްއޭސީއެލްއިން ފާހަގަ ކުރެއެވެ.
ވިސްޓާރާގެ ދެއްލީ ދަތުރަތަށް ރާއްޖެއަށް ފެށުމާއި ގުޅިގެން ބޭއްވި ރަސްމީއްޔާތުގައި، ވިސްޓާރާގެ މުވައްޒަފުންނާއި، ރާއްޖޭގެ އޭޖެންޓް ސްކައިޕްލޭންގް އިސްވެރިންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ފަރާތްތަށް ވަނީ ބައިވެރިވެފައެވެ.
މި ރޫޓުގައި ވިސްޓާރާއިން ދަތުރު ކުރާނީ އެއާބަސް އޭ-320ނިއޯ މަރުކާގެ ބޯޓަކުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ރޫޓުގައި 3 ކްލާސްއެއް އެއްގައި ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ގިނަ ޚިދުމަތްތަކެއް ލިބިގެން ދާނެ ކަަމަށް އެއާލައިނުން ބުނެއެވެ.
ސިންގަޕޫރުގެ އެއާލައިންސްއާއި އިންޑީއާގެ ޓާޓާ ގްރޫޕުގެ ޖޮއިންޓް ވެންޗާގެ ދަށުން އުފައްދާފައިވާ ވިސްޓާރާ ދަތުރު ފަށާފައިވަނީ ރާއްޖެއާއި އިންޑީއާގެ މުމްބާއީން ދެމެދު ރޫޓުގައެވެ. ނަމަވެސް މިއާއެކު އިންޑީއާއިން އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެ ކަމަށް އެމްއޭސީއެލްއިން ޤަބޫލު ކުރެއެވެ.
އިންޑީއާއަކީ މިވަގުތު ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު ދެވަނަ މާކެޓެވެ. މިމާކެޓުން މިހާރުވެސް 15.2 އިންސައްތަ ފަތުރުވެރިން ރާއްޖެ އާދެއެވެ.