Last Updated: February 23, 11:50
Sunday, February 23, 2025
ޚަބަރު

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހެނދުނު 08:00 އިން ފެށިގެން މެންދުރު 01:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މޫސުން ގޯސްވެ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް އެލާޓް ނެރެފައިވާއިރު، ވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވެއެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ށ. ފުނަދޫއަށެވެ. އެ ރަށަށް 87.5 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.