Last Updated: October 12, 00:14
Friday, October 11, 2024
ޚަބަރު

ސިންގަޕޫރްގެ ރޮބޮޓިކް ޗެލެންޖަށް ހިރާގެ ޓީމް ފުރައިފި

މާދަމާ ސިންގަޕޫރްގައި ފަށާ "ފަަސްޓް ރޮބޮޓިކް ޗެލެންޖް" ގައި ވާދަކުރާ އައްޑޫ ހިތަދޫގެ ހިރާ ސްކޫލްގެ ޓީމް އެ ގައުމަށް ފުރައިފި އެވެ.

އެ ސްކޫލްގެ ދަރިވަރުންތަކެއް ހިމެނޭ މި ޓީމު ފުރީ އިއްޔެ އެވެ. ހިރާ ސްކޫލަކީ ސިންގަޕޫރްގެ ރޮބޮޓިކް ޗެލެންޖްގައި ރާއްޖެ އިން ބައިވެރިވާ ހަމައެކަނި ސްކޫލެވެ.

"ފަސްޓް ރޮބޮޓިކް ޗެލަންޖް" އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 10 އާ ހަމައަށެވެ. މިއަށް ހިރާ ސްކޫލް ހޮވުނީ ރޮބޮޓިކް ޗެލަންޖްގައި ބައިވެރިވާން ވުމެން އިން ޓެކްގެ ފަރާތުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލައިގެން ކަމަށް އެ ސްކޫލުން ބުންޏެވެ. "ފަސްޓް ރޮބޮޓިކް ޗެލަންޖް" ގައި ރާއްޖެ ތަމްސީލުކުރާ އިރު، އެ މުބާރާތުގައި ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމުން ވާދަ ކުރާނެ އެވެ.

މި މުބާރާތަށް ހިރާ ފުރައިގެން ދިޔައީ ދުރާލައި ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެގޮތުން ސްކޫލްގެ ފަސް ދަރިވަރަކު ހިމެނޭ ޓީމުން އެ މީހުންގެ އީޖާދީ އުފެއްދުންތައް "ފަސްޓް ރޮބޮޓިކް ޗެލަންޖް" ދައްކައިލާނެ އެވެ.

ހިރާގެ ޓީމު އެމްޓީސީސީ އާއި އެލައިޑް އިންޝުއަރެންސުން ސް؛ޕޮންސަކޮށްފައިވެ އެވެ.